އެސެޓް ރިކަވަރީ ކޮމިޝަންގެ ރައީސް އައްސަދު - ރައީސް އޮފީސް

ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީން މިހާތަނަށް 9.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން 9.9 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވަނީ 2018 ނޮވެމްބަރުގައި، އެ ކޮމިޝަން އުފެއްދުމާ ހަމައިން ގޮސް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެގޮތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އެ ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށެވެ.

އެސެޓް ރިކަވަރީ ކޮމިޝަނުން އަހަރެއްގެ މައްޗަށް ޖުމްލަ ޚަރަދުކުރި މިންވަރު:

  • 2018: 332،000 ރުފިޔހާ
  • 2019: 4 މިލިއަން ރުފިޔާ
  • 2020: 2.9 މިލިއަން ރުފިޔާ
  • 2021: 2.6 މިލިއަން ރުފިޔާ
  • ޖުމްލަ: 9.9 މިލިއަން ރުފިޔާ

އެސެޓް ރިކަވަރީ ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ވޭތުވެދިޔަ 3 އަހަރު ތެރޭގައި ޚަރަދު ކޮށްފައި ވަނީ 9.1 މިލިއަން ރުފިޔާއެވެ. އެގޮތުން 2018 ވަނަ އަހަރު، 239،000 ރުފިޔާ، 2019 ވަނަ އަހަރު 3.3 މިލިއަން ރުފިޔާގެ އިތުރުން 2020 ވަނަ އަހަރު 2.8 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 2.6 މިލިއަން ރުފިޔާ، މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ޚަރަދު ކޮށްފައިވެއެވެ.

ދެން އެންމެ ބޮޑު ޚަރަދެއް އެސެޓް ރިކަވަރީ ކޮމިޝަނުން ކޮށްފައި ވަނީ އޮފީސް ހިންގުމަށް ބޭނުންވާ ޚިދުމަތަށެވެ. އެކަމަށް 2019 ވަނަ އަހަރު 71،000 ރުފިޔާ، 2020 ވަނަ އަހަރު 61،000 ރުފިޔާ އަދި 2021 ވަނަ އަހަރު 2،900 ރުފިޔާއާއެކު ޖުމްލަ 135،000 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

ހަމައެއާއެކު އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް 2018 ވަނަ އަހަރު 50 ރުފިޔާ، 2019 ވަނަ އަހަރު 2،500 ރުފިޔާގެ އިތުރުން 2020 ވަނަ އަހަރު 600 ރުފިޔާ ވެސް އެސެޓް ރިކަވަރީ ކޮމިޝަނުން ޚަރަދުކޮށްފައި އެވެ. އަދި މަރާމާތުކުރުމާއި ބެލެހެއްޓުމަށްޓަކައި މިދިޔަ އަހަރު 2،600 ރުފިޔާ އަދި މިއަހަރު 500 ރުފިޔާ ވެސް ޚަރަދުކުރިއެވެ.

މީގެ އިތުރުން ހަރުުދާ ހޯދުމަށް އެ ކޮމިޝަނުން ވަނީ 2018 ވަނަ އަހަރު 92،000 ރުފިޔާ، 2019 ވަނަ އަހަރު 556،000 ރުފިޔާ އަދި 2020 ވަނަ އަހަރު 4،000 ރުފިޔާގެ އިތުރުން 2021 ވަނަ އަހަރު 13،000 ރުފިޔާއާއެކު ޖުމްލަ 667،000 ރުފިޔާ ޚަރަދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *