މަރު ކޮމިޝަނުން މީގެކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން -- ފައިލް ފޮޓޯ

މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނަށް މިހާތަނަށް 5 މިލިއަން ރުފިޔާ ޚަރަދު ކޮށްފައިވާކަން ހާމަވެއްޖެއެވެ.

މަރު ކޮމިޝަނަށް 5.4 މިލިއަން ރުފިޔާ ޚަރަދު ކޮށްފައި ވަނީ 2018 ނޮވެމްބަރުގައި، މަރު ކޮމިޝަން އުފެއްދުމާ ހަމައިން ގޮސް މިއަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށެވެ. އެގޮތުން އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ އެ ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށެވެ.

މަރު ކޮމިޝަނުން އަހަރެއްގެ މައްޗަށް ޖުމްލަ ޚަރަދުކުރި މިންވަރު:

  • 2018: 287،000 ރުފިޔހާ
  • 2019: 2.3 މިލިއަން ރުފިޔާ
  • 2020: 1.2 މިލިއަން ރުފިޔާ
  • 2021: 1.5 މިލިއަން ރުފިޔާ
  • ޖުމްލަ: 5.4 މިލިއަން ރުފިޔާ

މަރު ކޮމިޝަނުގެ މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ވޭތުވެދިޔަ 3 އަހަރު ތެރޭގައި ޚަރަދު ކޮށްފައި ވަނީ 4.7 މިލިއަން ރުފިޔާއެވެ. އެގޮތުން 2018 ވަނަ އަހަރު، 248،000 ރުފިޔާ، 2019 ވަނަ އަހަރު 2.1 މިލިއަން ރުފިޔާގެ އިތުރުން 2020 ވަނަ އަހަރު 1.2 މިލިއަން ރުފިޔާ އަދި 2021 ވަނަ އަހަރު 1.2 މިލިއަން ރުފިޔާ، މެންބަރުންގެ މުސާރައާއި އިނާޔަތްތަކަށް ޚަރަދު ކޮށްފައިވެއެވެ.

ދަތުރުފަތުރުގެ ޚަރަދަށް 2019 ވަނަ އަހަރު 128،000 ރުފިޔާ، 2020 ވަނަ އަހަރު 24،000 ރުފިޔާ އަދި 2021 ވަނަ އަހަރު 117،000 ރުފިޔާއާއެކު ދަތުރުފަތުރު ކުރުމަށް މަރު ކޮމިޝަނުން ވަނީ 270،000 ރުފިޔާ ޚަރަދުކޮށްފައެވެ.

ދެން އެންމެ ބޮޑު ޚަރަދެއް މަރު ކޮމިޝަނުން ކޮށްފައި ވަނީ އޮފީސް ހިންގުމަސް ބޭނުންވާ ޚިދުމަތަށެވެ. އެކަމަށް 2018 ވަނަ އަހަރު 3،000 ރުފިޔާ، 2019 ވަނަ އަހަރު 56،000 ރުފިޔާ، 2020 ވަނަ އަހަރު 58،000 ރުފިޔާ އަދި 2021 ވަނަ އަހަރު 112،000 ރުފިޔާއާއެކު ޖުމްލަ 230،000 ރުފިޔާ ޚަރަދުކޮށްފައި ވެއެވެ.

ހަމައެއާއެކު އޮފީސް ހިންގުމުގެ ބޭނުމަށް ހޯދާ ތަކެއްޗަށް މިއަހަރު 2،200 ރުފިޔާ ވެސް މަރު ކޮމިޝަނުން ޚަރަދުކޮށްފައި ވާއިރު، މަރާމާތުކުރުމާއި ބެލެހެއްޓުމަށްޓަކައި މިއަހަރު 600 ރުފިޔާ ވެސް ޚަރަދުކުރިއެވެ.

މީގެ އިތުރުން ހަރުުދާ ހޯދުމަށް އެ ކޮމިޝަނުން ވަނީ 2018 ވަނަ އަހަރު 35،000 ރުފިޔާ، 2019 ވަނަ އަހަރު 44،000 ރުފިޔާ އަދި 2021 ވަނަ އަހަރު 132،000 ރުފިޔާއާއެކު ޖުމްލަ 212،000 ރުފިޔާ ޚަރަދުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *