މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވާދަކުރާ ކެންޑިޑޭޓް ތައާރަފުކޮށް، ޓިކެޓް ހަވާލުކޮށްފިއެވެ.

އެމްއެންޕީގެ ފަރާތުން ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނުގައި ވަދަ ކުރަނީ އަބްދުލް ހައްނާން އިދުރީސްއެވެ. ރަސްމީކޮށް އެމްއެންޕީގެ ޓިކެޓް ހަވާލުކޮށްފައި ވަނީ މިރޭ އެކަމަށް ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، އެ ޕާޓީގެ ރައީސް ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމެވެ.

މި ރަސްމިއްޔާތުގައި ވަނީ ހަންނާންގެ ތައާރަފެއް ދީފައެވެ. ހަންނާންއާ ބެހޭގޮތުން ވާހަކަ ދައްކަވަމުން ޕާޓީގެ ރައީސް ނާޒިމް ވިދާޅުވީ، ހަންނާނަކީ މީހުން ބިނާ ކުރުމުގެ ދާއިރާގައި 32 އަހަރު ޚިދުމަތް ކުރައްވާފައިވާ، ގައުމު ދެކެ ލޯބިވާ ފަރާތެއްކަން ފާހަގަ ކުރައްވާފައެވެ. ނާޒިމް ވިދާޅުވީ ހަންނާނަށްވުރެ ވަކި ގައުމިއްޔަތު އިތުރުވެފައިވާ މީހަކު ނުގުންނާނެ ކަމަށާއި، އޭނާ ކޮންމެ ދުވަހަކު ގައުމީ ސަލާން ވިދާޅުވާ ކަމަށެވެ.

އޭނާ ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިސް މަގާމުތަކުގައި މިއަދު ތިބީ ހަންނާން ތަރުބިއްޔަތު ކޮށްފައިވާ މީހުން ކަމަށާއި، ހަންނާން އިދުރީސް ފާހަގަ ކުރެވެނީ ޖީލެއް ބިނާކުރި މީހެއްގެ ގޮތުގައި ކަމަށެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ހަންނާން ވިދާޅުވީ އޭނާއަކީ ދާއިރާގެ ކުރިއެރުމަށް އެންމެ ބޮޑަށް އެދޭ، ދާއިރާގެ ދަރިއެއް ކަމަށެވެ. އަދި އޭނާގެ މަސައްކަތުގެ އަމާޒަކީ ފޯކައިދޫ، މަރޮށި ކޮމަންޑޫގެ ރައްޔިތުންނަށް ފަހި، ފާގަތި ދިރިއުޅުމެއް ލިބިދިނުމަށް މަސައްކަތް ކުރުން ކަމަށާއި، އެކމަުގައި ސާބިތުކަމާއެކު ގަދައަޅާ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ކޮމަންޑޫ ދާއިރާގެ ބަިއ އިލެކްޝަން ބާއްވަން ހަމަޖެހިފައި ވަނީ ފެބްރުއަރީ 5 ވަނަ ދުވަހުއެވެ. މި އިލެކްޝަން ބާއްވަނީ ކޮމަންޑޫ ދާއިރާގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި ހުސެއިން ވަހީދު ކެންސަރު ބަލީގައި އަވަހާރަވުމާ ގުޅިގެންނެވެ. އެމްއެންޕީން އެ ދާއިރާއަށް ނެރޭ ކެންޑިޑޭޓް ތައާރަފުކޮށް، ޓިކެޓު ދިނުމަށް ބޭއްވި ރަސްމިއްޔާތުގައި ވަނީ ހުސެއިންގެ ހަނދާނުގައި ހަމަހިމޭންކަމުގެ ސުކޫތެއް ބާއްވާފައެވެ.

އެމްއެންޕީގެ އިތުރުން އެމްޑީޕީ، ޕީޕީއެމް އަދި އެމްޓީޑީން ވެސް ދަނީ ކޮމަންޑޫ ދާއިރާއަށް ކެންޑިޑޭޓަކު ނެރެން ތައްޔަރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *