ލ. އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އަޅާއިފިއެވެ.
މި މަޝްރޫއު ކުރިއަށް ގެންދާނީ ފެނަކަ ކުންފުނިންނެވެ. މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އިންޖީނު ގޭގެ ބިންގާ އަޅުއްވާ ދެއްވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދާއި ގަމު ދާއިރާގެ މަޖިލިސް މެންބަރު މުހައްމަދު ވިސާމްގެ އިތުރުން ކަލައިދޫ ކައުންސިލުގެ ރައީސް އަހުމަދު ޝިޔާމާއި ދަނބިދޫ ކައުންސިލުގެ ރައީސް އިބްރާހިމް މިމްރާހުއެވެ.
ލ.އިސްދޫ، ކަލައިދޫ އަދި ދަނބިދޫގެ މަރުކަޒީ އިންޖީނުގޭގެ ބިންގާ އެމް.ޑީ އަޙުމަދު ސައީދު އާއި ގަމު ދާއިރާގެ މެންބަރު މުޙައްމަދު ވިސާމް، ކަލައިދޫ ކައުންސިލް ރައީސް އަޙުމަދު ޝިޔާމް އަދި ދަނބިދޫ ކައުންސިލް ރައީސް އިބްރާހިމް މިމްރާޙް އަޅުއްވައިދެއްވައިފި. pic.twitter.com/RoE4CMbO0m
— Fenaka Corporation Ltd (@TeamFenaka) December 25, 2021
އިސްދޫ، ކަލައިދޫ އަދި ދަނބިދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދިނުމަށް މި އިންޖީނުގެއިން 1.2 މެގަ ވޯޓުގެ ކަރަންޓު އުފައްދާނެއެވެ. މި އިންޖީނުގެ އިމާރާތް ކުރަން ހަމަޖެހިފައި ވަނީ ބެތެރި ރޫމަކާއި ޒަމާނީ އެތައް ވަސީލަތްތަކާ އެކުއެވެ.
ލާމު އަތޮޅުގެ ކަރަންޓު އެއް ވިއުގައަކުން ގުޅާލުމަށްޓަކައި މި މަޝްރޫއު ފަށާފައި ވަނީ މިދިޔަ އަހަރެވެ. މި އިންޖީނުގެ އެޅުމަށް ޚަރަދު ވާނީ 40 މިލިއަން ރުފިޔާއެވެ.