އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން ނައިބު ރައީސް ފައިސަލް ނަސީމް އަދި އާސަންދައިގެ އެމްޑީ މަރިޔަމް ޝަފީގް -- ފޮޓޯ: ރައީސް އޮފީސް

ހިލޭ ބޭސްފަރުވާ ކޮށްދޭ، އިންޝުއަރެންސް ސްކީމް، އާސަންދައިން އަހަރެއްގެ މައްޗަށް 3 ލައްކައެއްހާ މީހުން ފަރުވާ ހޯދާ ކަމަށް އެ ކުންފުނިން ބުނެފިއެވެ.

އާސަންދަ ކުންފުންޏަށް 10 އަހަރު ފުރުމުގެ މުނާސަބަތުގައި ރޭ ބޭއްވި ހަފްލާގައި ވާހަކަ ދައްކަވަމުން އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މަރިޔަމް ޝަފީގް (މަރީ) ވަނީ އާސަންދަ ސްކީމުން ދިވެހިންގެ ބޭސް ފަރުވާއަށް ބޮޑު ހަރަދެއް ކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ. އެގޮތުން އޭނާ ވިދޅާުވީ ފާއިތުވި 10 އަހަރު ތެރޭގައި އާސަންދަ ސްކީމުން 16 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

މަރީ ވިދާޅުވި ގޮތުގައި އަހަރެއްގެ މައްޗަށް 3 ލައްކައެއްހާ މީހުން އާސަންދަ ސްކީމުން ޚިދުމަތް ހޯދައެވެ. އަދި އެ ސްކީމުން އެންމެ ގިނައިން ފައިސާ ޚަރަދު ކުރަނީ މީހަކު ބަލިވީމަ ނުވަތަ ހާލު ދެރަވީމައި ކަމަށެވެ. އެގޮތުން މިހާތަނަށް ކޮށްފައިވާ ޚަރަދުތަކުގެ 64 އިންސައްތަ އަކީ މީހަކު ބަލިވެގެން ކޮށްފައިވާ ޙަރަދު ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، އާސަންދަ ސްކީމުން ކޮށްފައިވާ ޚަރަދުތަކުގެ 31 އިންސައްތަ އަކީ މީހަކު ބަލިވެގެން ނުވަތަ ހާލު ދެރަވެގެން އުޅޭ ދުވަސްވަރެއްގައި އޭނާއަށް ބޭނުންވާ ޑޮކްޓަރީ ބޭހަށް ކުރާ ޙަރަދު ކަމަށެވެ. އަދި 5 ޕަސަންޓަކީ، ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ނުވަތަ ރާއްޖޭގެ އެހެން ރަށަކަށް ދަތުރު ކުރަން ޖެހޭ ހާލަތްތަކުގައި އެ ދަތުރަށް ކުރާ ޚަރަދު ކަމަށެވެ.

ކަން މިހެން ވުމުން ސްކީމުގެ ޚަރަދު ބޮޑުވުމުގެ އިތުރަށް ފަރުވާ ލަސްވެގެން ދިއުމުގެ ސަބަބުން ބަލިމީހާގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ދާ ކަމަށް މަރީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މިކަމަށް ހައްލު ގެނައުމަށް މަސައްކަތް ކުރަން ޖެހެނީ އެންމެން އެކުގައި ކަމަށާއި، ހަމައެކަނި އާސަންދައިން މަސައްކަތް ކޮށްގެން މިކަމަށް ހައްލެއް ނުގެނެވޭނެ ކަމަށެވެ.

ބަލިވުމުގެ ކުރިން އެކަމަށް ރައްކާތެރިވާން ޖެހޭ، ދުޅަހެޔޮކޮށް ތިބުމަށްދިރިއުުމުގެ ވައްޓަފާޅި ބަދަލުކޮށް، ފަރުވާ ހޯދުމާއި ލިބިގަތުމުގައި ޒިންމާވާން ވެސް އެބަޖެހޭ

އޭނާ ވިދާޅުވީ އަތޮޅުތެރޭގައި ސިއްހީ ފަރުވާ ދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކޮށް، ޕަންލިކް ހެލްތް ނަގަހައްޓަން ޖެހޭ ކަމަށެވެ.

އާސަންދަ ކުންފުނީގެ 10 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން އާސަންދައިގެ އެމްޑީ މަރިޔަމް ޝަފީގް -- ފޮޓޯ: ރައީސް އޮފީސް

ހަފްލާގައި ވާހަކަދައްކަވަމުން މަރީ ވަނީ، އޭނާ އާސަންދައިގެ މެނޭޖިން ޑިރެކްޓަރު ކަމާ ހަވާލުވެވަޑައިގެންނެވިފަހުން ކުރެއްވި ކަންކަމަށް އަލިއަޅުއްވާލެއްވިއެވެ. މަރީ ވިދާޅުވީ އާސަންދަ ކުންފުންޏާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަޑުޖެހިފައި އޮތް އާސަންދަ ވިނަވި ޕޯޓަލް އެއްވިއުގައަކުން ގުޅާލުމުގެ މަސައްކަތް ކުރިއަށް ގެންގޮސް، ހުރިހާ އަތޮޅަކާއި، މާލެއާއި އެއް ވިއުގައަކުން ގުޅާލާފައިވާ ކަމަށެވެ.

އިތުރު ކަންތައްތައް ފާހަގަ ކުރައްވާ މަރީ ވިދާޅުވީ ދިގު މުއްދަތަކަށް ކަކުލު ހުޅުގެ އޮޕަރޭޝަން ނުކުރެވިތިބި ގިނަ ފަރާތްތަކަަކަށް އެ އޮޕަރޭޝަން ކުރެވޭނެ މަގު ފަހިކޮށްދީފައިވާ ކަމަށެވެ. އަދި އާސަންދައަށް ހުށަހަޅާ ކޭސްތައް އެދުވަހުން އެދުވަހަށް ނިންމާ، އެމަޖެންސީ ކޭސްތައް 10 ވަރަކަށް މިނިޓުތެރޭގައި ނިންމާ ގޮތަށް ވެސް ހަމަޖެއްސި ކަމަށެވެ.

މަރީ ވިދާޅުވީ މިވަގުތު އާސަންދައިން މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އިސްރާފު ކުޑަކޮށް، ހަރުދަނާ ކުރުމަށްޓަކައި ކުރަން ޖެހޭ ކަންކަން ކުރުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *