ޖެނުއަރީ 15 ގައި ރައީސް ނަޝީދު އިގިރޭސިވިލާތުން ރާއްޖެ ވަޑައިގަތުމަށްފަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ނުރަސްމީ ދަތުރުފުޅެއްގައި އިނގިރޭސިވިލާތަށް ފުރާވަޑައިގެންފިއެވެ.

އެމަނިކުފާނު އިނގިރޭސިވިލާތަށް ފުރާވަޑައިގެންނެވިއިރު، މަޖިލިސް އޮތީ ޗުއްޓީގައެވެ. އެހެންނަމަވެސް އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތަށްޓަކައި ދައުރުން ބޭރުގައި ޖަލްސާތަކެއް ބާއްވާފައިވެއެވެ.

އަދި ބަންގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހް ހަސީނާގެ ތަގުރީރަށް ވެސް ޖަލްސާއެއް ބާއްވާފައިވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ދިން ބޮމުގެ ހަމަލާއަށް ފަހު އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުގައި ފަރުވާ ހޯއްދަވާފައެވެ. އަދި މަޖިލީހުގެ ރިޔާސަތަށް ވަޑައިގެންނެވީ ފަރުވާ ހޯއްދެވުމަށް ފަސް މަސް ދުވަހު ރާއްޖެއިން ބޭރުގައި އުޅުއްވުމަށްފަހުއެވެ.

0
0
0
1
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *