މަޑިވަރު އެއާޕޯޓުގައި ޓެސްޓް ފްލައިޓެއް ޖެއްސުން---- ފޮޓޯ: މޯލްޑިވިއަން

ޅ. މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓް ޖައްސައިފިއެވެ.

މަޑިވަރު އެއާޕޯޓުއަށް ޓެސްޓު ފްލައިޓު ޖެއްސީ މިއަދު ހެނދުނު 10 ޖަހާކަންހާއިރެވެ. އެއާޕޯޓަށް ޓެސްޓު ފްލައިޓަކަށް ޖައްސާފައި ވަނީ މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓު އެ ރަށަށް ގޮސްފައި ވަނީ އެއާޕޯޓުގެ ކަންކަން ބަލަހައްޓާ ޓެކްނިކަލް ޓީމެއް ވެސް ގޮވައިގެންނެވެ.

މި އެއާޕޯޓަށް މިއަދު ޓެސްޓު ފްލައިޓު ޖެއްސި އިރު، އެއާޕޯޓު މި އަހަރު ނިމުމުގެ ކުރިން ހުޅުވަން ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އަންގާފައެވެ. އެހެންނަމަވެސް އެއާޕޯޓު ހުޅުވައި ޝެޑިއުލް ދަތުރުތައް ފަށާނެ ދުވަހެއް އަދި ނޭނގޭ ކަމަށް އެމްއޭސީއެލް އިން ބުނެފައިވެއެވެ.

މަޑިވަރު އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖެއްސުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޔޫތު މިނިސްޓަރ އަހުމަދު މަހުލޫފާއި ބައެއް މަޖިލިސް މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ކުރެއްދޫ ހޯލްޑިންގްސްގެ މެނޭޖިން ޑިރެކްޓަރު އަދި ޗަމްޕާ ބްރަދާސްގެ ޗެއާމަން މުހައްމަދު މޫސާ (އުއްޗު) ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި މަޝްރޫ އަކީ 2018 ވަނަ އަހަރު ހަވާލުކުރި މަޝްރޫއެކެވެ. އެއާޕޯޓާއި އެކު ސިޓީ ހޮޓަލެއް ވެސް އެރަށުގައި އަޅަން ހަވާލުކޮށްފައިވެއެވެ.

މި އެއާޕޯޓުގައި 1.2 ކިލޯމީޓަރުގެ ރަންވޭއަކާއި، އެކޮމޮޑޭޝަން ބްލޮކެއް ވެސް ގާއިމްކޮށްފައިވޭ. މި މަސައްކަތަކީ ޗައިނާގެ ބެއިޖިން އާބަން ކޮންސްޓްރަކްޝަން ގުރޫޕް (ބީޔޫސީޖީ) އިންކޮށްފައިވާ މަސައްތަކެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *