އެޑިޓަރޒް ގިލްޑް- ފޮޓޯ: ވަން އޮންލައިން

އެކިއެކި ނުފޫޒުތަކާއި ޖަޒުބާތުތަކުން އެއްކިބާވެ، ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އާއި ކްލަބުތަކުން ނޫސްތަކުން ކިޔާ ފާޑުކިޔުންތައް ބަލައިތުމަށް މޯލްޑިވްސް އެޑިޓަރޒް ގިލްޑުން ގޮވާލައިފިއެވެ.

މިގޮތަށް އެ ޖަމިއްޔާއިން ގޮވާލީ ފުރަތަމަ ޑިވިޝަންގެ ހަތް ކްލަބަކުން މިހާރު ނޫސް ބޮއިކޮޓް ކުރި މައްސަލައިގައެވެ. އެ ކްލަބްތަކުން 'މިހާރު' ނޫސް ބޮއިކޮޓް ކުރީ ފުޓުބޯޅައިގެ ރޫހާއި ޚިލާފަށް، އެ ނޫހުގައި ދޮގު ޚަބަރުތައް ޖަހަމުންދާ ކަމުގެ ތުހުމަތު ކުރުމަށްފަހުއެވެ.

މި މައްސަލައިގައި އެޑިޓަރޒް ގިލްޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ފުޓުބޯޅައާއި ކްލަބްތަކާއި އެފްއޭއެމްގެ ހަރަކާތްތަކާއި ގުޅިގެން ނޫސްތަކުގައި ޖަހާ ޚަބަރުތަކާއި ފާޑުކިއުންތަކަކީ ޒިންމާދާރުކަމާއި އެކު ކުރަމުންދާ ކަމެއް ކަމަށެވެ.

އަދި ޕްރެޒިޑެންޓްސް ކަޕްގައި ވާދަކުރާ ކްލަބްތަކުގެ ޕްރީ މެޗް ޕްރެސް ކޮންފަރެންސްތަކުގައި 'މިހާރު' ބައިވެރިވާތީ އެ ނޫސް ބަދުނާމުކޮށް، ބޮއިކޮޓް ކުރުމަކީ ޒިންމާދާރު ގޮތެއް ނޫން ކަމަށެވެ. އަދި އެގޮތަށް ކަންކުރުމުން ފުޓުބޯޅައިގެ އެކިއެކި ހަބަރުތަކާއި އެފްއޭއެމުން ކުރާ ކަންކަން ގެނެސްދިނުން ނުހުއްޓޭނެ ކަމަށް ވެސް ބަޔާނުގައިވެއެވެ.

ކްލަބުތަކުން އިސްވެ، 'މިހާރު' ނޫސް ބޮއިކޮޓް ކުރުމުގެ އަމަލަކީ، ތަހުޒީބު އަމަލެއް ނޫން ކަން ފާހަގަކޮށް އެ ބަޔާނުގައި ބުނެފައިވަނީ އެއަމަލުން ދެވެނީ ވަރަށް ނެގެޓިވް މެސެޖެއް ކަމަށެވެ.

މިހާރު ނޫހަށް ކުރެވޭ ތުހުމަތުތައް އެ ނޫހުން ވަނީ ދޮގުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *