ސިނަމާލެ ބްރިޖު. ބްރިޖު މަތިން ދަތުރުކުރާ ކާރުފަދަ ހަތަރުފުރޮޅުލީ ވެހިކަލްތަކުގައި ސީޓްބެލްޓް އަޅަން އަންގާ ގަވާއިދެއް ވަނީ އާންމުކޮށްފަ. ފޮޓޯ: ޒިންހުއާ

ރާއްޖޭގައި 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވަން އޮންނަ މަގުތަކުގައި ހަތަރު ފުރޮޅުލީ އުޅަނދު ދުއްވާނަމަ ކުރީ ސީޓުތަކުގައި ތިބޭ ފަރާތްތައް ސީޓްބެލްޓު އެޅުން ލާޒިމުކުރާ ގަވާއިދެއް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން އާންމުކޮށްފިއެވެ.

މިރޭ ނެރުނު އެ ގަވާއިދުގައި ކާރުފަދަ ހަތަރުފުރޮޅުލީ އުޅަނދުތަކުގައި ދުއްވަމުންދާއިރު ދުއްވާ މީހާ ނުވަތަ ޑްރައިވަރުގެ އިތުރުން ކުރީ ސީޓުގައި އިންނަ މީހާ ވެސް އަންނަ އަހަރުން ފެށިގެން ސީޓު ބެލްޓު އަޅަން ޖެހޭނެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން ނެރުނު އިއުލާނުގައި ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ހަތަރު ފުރޮޅުލީ އުޅަނދުތައް ދުއްވާއިރު 30 ކީލޯމީޓަރަށް ވުރެ ބާރަށް ދުއްވަން އޮންނަ މަގުތަކުގައި ދުއްވާއިރު ކުރީ ސީޓުގައި ޑްރައިވަރުގެ އިތުރުން ދެން އިންނަ ފަސެންޖަރުވެސް ސީޓް ބެލްޓު އަޅަން ޖެހޭނެ ކަމަށެވެ.

މިގޮތަށް ގަވާއިދު ހަދައި އާންމުކޮށްފައިވާއިރު، މާލެ ތެރޭގައި ހަތަރު ފުރޮޅު ލީ އުޅަނދުތައް 30 ކިލޯމީޓަރަށް ވުރެ ބާރަށް ދުއްވުމަކީ މަނާ ކަމެކެވެ. އެއަށް ވުރެ ބާރަށް މާލެ ސަރަހައްދުން ދުއްވޭނީ ސިނަމާލެ ބުރިޖާއި ހައިވޭގައެވެ. އޭގެ އިތުރުންވެސް ލ. ގަމު ލިންކް ރޯޑުގެ އަދި އައްޑޫ ސިޓީގެ ރަށްތައް ގުޅުވައިދޭ ލިންކް ރޯޑުގައިވެސް 30 ކިލޯމީޓަރަށްވުރެ ބާރަށް ދުއްވެއެވެ. އާ ގަވާއިދާއެކު އެކްސިޑެންޓްތަކުގައި ފުރާނައަށް ނުރައްކާވާ މިންވަރު މަދުވެގެން ދާނެކަމަށް ބެލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *