ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޝެއިހް ހަސީނާއަށް "ބަންގާޅު އޮޑީ"ގެ ކުރެހުމެއް ހަދިޔާއެއްގެ ގޮތުގައި އަރުވައިފިއެވެ.
މި ހަދިޔާ އަރުވާފައިވަނީ، ޝެއިހް ހަސީނާ ތަގުރީރުކުރެއްވުމަށް މިއަދު މަޖިލީހުގައި ބޭއްވި ހާއްސަ ޖަލްސާއަށް ފަހުއެވެ. މި ހާއްސަ ކުރެހުން އަރުވަމުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ރާއްޖެއާއި ބަންގްލަދޭޝަކީ އަބަދުވެސް ކަނޑުމަގުން ގުޅިފައި އޮންނަ ދެ ގައުމުގަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު ބަނގްލަދޭޝްގެ ބޮޑުވަޒީރު، ހަރ އެކްސެލެންސީ ޝައިޚް ޙަސީނާއަށް ދެއްވި ހަދިޔާ pic.twitter.com/9v5uMzwYDJ
— People's Majlis (@mvpeoplesmajlis) December 23, 2021
އަދި ދެގައުމުގެ ދޭރެތޭގައި ގިނަ ބޯޓުތަކެއް ދަތުރުކުރާނަމަވެސް "ބަންގާޅު އޮޑި" އަކީ ހާއްސަ އޮޑިއެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.
ޝެއިހް ހަސީނާ ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅަކީ ހަތް ދުވަހުގެ ދަތުރުފުޅެކެވެ. އެ ދަތުރުފުޅުގައި ޝެއިހް ހަސީނާ ވަނީ މިއަދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި ބައްދަލުކުރައްވައި ރަސްމީ މަޝްވަރާތަކެއް ބާއްވާފައެވެ. އަދި ދެ ގައުމުގެ ދެމެދުގައި އެކި ދާއިރާތަކުން ހަތަރު އެގްރިމެންޓެއްގައި ސޮއިކޮށްފައެވެ.
މިއަދު ރައްޔިތުންގެ މަޖިލީހުގައު ތަގުރީރުކުރައްވަމުން ޝެއިހް ހަސީނާ ވަނީ ރާއްޖެއާއި ބަންގްލަދޭޝާ ދެމެދުގައި އޮންނަ ޒަމާންވީ ގުޅުމުގެ އިތުރުން ކުރިޔަށް އޮތް 50 އަހަރުގައި ދެގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް ލަަފާކުރައްވާފައެވެ.
އަދި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު ހާއްސަކޮށް ޕްރައިވެޓް ސެކްޓާގެ ގުޅުންތައް އިތުރުކުރުމަށްވެސް މަސައްކަތްކުރުމަށް ޝެއިހް ހަސީނާ ވަނީ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.
ބަނގާޅު އޮޑި ހުންނަނީ ތިހިނެއް ނޫން