ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރީމަންޓުގައި ރާއްޖެއާއި ބަންގްލަދޭޝާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުން------

ބަންގްލަދޭޝްއާ ރާއްޖެއާ ދެމެދުގައި ވިޔަފާރިކުރާ ފަރާތްތަކުން އެއް އާމްދަނީއަކުން ދެ ފަހަރަށް
ޓެކްސް ކުރުން ހުއްޓުމަކަށް ގެންނަ އެއްބަސްވުމެއްގައި ދެގައުމުން މިއަދު ދެމެދު ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ފަތުހުﷲ ޖަމީލެވެ. އަދި ބަންގްލަދޭޝްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ބަންގްލަދޭޝްގެ ނެޝަނަލް ބޯޑް އޮފް ރެވެނިއުގެ ޗެއާމަން އަދި އިންޓާނަލް ރިސޯސަސް ޑިވިޝަންގެ ސީނިއާ ސެކެއްޓަރީ އަލްފާޟިލް އަބޫ ހެނާ އެމް.ޑީ ރަޙްމަތުލް މުނީމްއެވެ.

"ޑަބަލް ޓެކްސް އެވޮއިޑަންސް" އެގްރިމަންޓުގެ ސަބަބުން ދެ ގައުމުގެ ޓެކްސް ދައްކާ ފަރާތްތަކުގެ ހައްގުތައް ކަށަވަރުވުމުގެ އިތުރުން ޓެކްސްއަށް މަކަރުހެދުމުގެ ދޮރުތައް ބަންދުވެގެންދާނެ ކަމަށް މީރާއިން ބުނެއެވެ.

މީރާއިން ބުނިގޮތުގައި މި އެއްބަސްވުމާ ހަމައަށް އައުމަށްޓަކައި ދެ ގައުމުގެ ދެމެދު ދެ ފަހަރެއްގެ މަތިން، 2017 ވަނަ އަހަރު އަދި 2019 ވަނަ އަހަރު، މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށް ގެންގޮސްފައިވެއެވެ.

މިއީ، ރާއްޖެ އާއި ބޭރު ގައުމަކާއިއެކު މިގޮތަށް ވެފައިވާ ދެވަނަ އެއްބަސްވުމެވެ. އެގޮތުން، 2017 ވަނަ އަހަރު ރާއްޖެއިން ވަނީ ޔުނައިޓެޑް އަރަބް އެމިރޭޓްސް އާއެކު ޑަބަލް ޓެކްސް އެވޮއިޑަންސް އެގްރިމަންޓެއްގައި ސޮއިކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *