ކޮވިޑް ބަލީގައި ރާއްޖޭން އަނެއްކާވެސް މީހަކު މަރުވެއްޖެއެވެ.
މަރުވެފައިވަނީ ގދ ތިނަދޫގައި ހުންނަ އަބްދުލްސަމަދް މެމޯރިއަލް ހޮސްޕިޓަލުން ފަރުވާހޯދަމުންދިޔަ 66 އަހަރުގެ ދިވެހި ފިރިހެނެކެވެ.
މިއާއެކު ރާއްޖޭން ކޮވިޑް ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 261 އަށް އަރާފައެވެ.
ރާއްޖޭން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިހާރު ވަނީ 94،299 އަށް އަރާފައެވެ. މީގެތެރެއިން 92،099 މީހުން ބަލިން ފަސޭހަވެފައިވާއިރު، އެކްޓިވް ކޭސްތަކުގެ އަދަދު އުޅެނީ 1،927 ގައެވެ. މީގެތެރެއިން 15 މީހަކަށް ހޮސްޕިޓަލްތަކުގައި އަންނަނީ ފަރުވާދެމުންނެވެ.