އަތޮޅު ފިހާރަތަކުގެ ދެ އަހަރެއްގެ ފައިސާ ކައުންސިލްތަކަށް ދީފައިވާކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ، އަތޮޅު ފިހާރަތަކުން 2016 އަދި 2017 ވަނަ އަހަރު ކައުންސިލްތަކަށް ދޭންޖެހޭ ފައިސާ ފޮނުވާފައިވާކަމަށެވެ.

އެގޮތުން 2016 ވަނަ އަހަރަށް 17،911،570.88 ރުފިޔާ ދޫކޮށްފައިވާއިރު 2017 ވަނަ އަހަރު 20،525،983.14 ރުފިޔާ ދޫކޮށްފައިވެއެވެ.

އަތޮޅުތަކުގެ ބައިވެރިވުމާއެކު މާލޭގެ އުތުރުފަރާތުގައި ގާއިމްކޮށްފައިވާ އަތޮޅު ފިހާރަތަކުން ކޮންމެ އަތޮޅު ކައުންސިލަކަށް ވެސް ލިބެނީ އެ ފިހާރަތަކުގެ 50 އިންސައްތައެވެ.

އަތޮޅު ފިހާރަތަކުން ކައުންސިލްތަކަށް ލިބެން ޖެހޭ ފައިސާ ލިބެމުން ނުދާތީ ބައެއް ކައުންސިލްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށް، ސަރުކާރުގެ ބައެއް އިދާރާތަކާ ވެސް ބައްދަލުކޮށްފައެވެ. އަދި މި މައްސަލަ ވަނީ މަޖިލީހުގެ ސަމާލުކަމަށްވެސް ގެނެސްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *