ތައި އެއާ އޭޝިއާގެ ދަތުރުތައް އަލުން ރާއްޖެއަށް ފަށައިފި އެވެ.
ތައިލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް އިއްޔެ ފަށާފައިވާއިރު، މޯލްޑިވިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވަނީ ބެންކޮކުން ރާއްޖެއައި އެއާ އޭޝިއާގެ ފަސިންޖަރުންނަށް ހޫނު މަރުހަބާއެއް ކިޔާފަ އެވެ.
އެއާ އޭޝިއާ އިން ދަތުރުތައް ކުރަނީ ތައިލެންޑުގެ ޑޮންމުއާން އިންޓަނޭޝާނަލް އެއާޕޯޓުންނެވެ. މި އެއާލައިނުން ރާއްޖެއަށް ހަފްތާއަކު ދެ ދަތުރު ކުރަން ހަމަޖެހިފައިވެއެވެ. އެގޮތުން ބުދަ ދުވަހާއި، ހޮނިހިރު ދުވަހު ތައިލެންޑުން ރާއްޖެއަށް ސީދާ ދަތުރުތައް ކުރާނެއެވެ.
Welcome back (Thai) @airasia !
It’s such a remarkable sight to witness airlines from Far East Asia resuming flights to the #SunnySideOfLife ☀️🏝⛵️
🇹🇭 ✈️ 🇲🇻 #VisitMaldives #NowEveryoneCanFly pic.twitter.com/aKOsnxkojN— VelanaAirport (@VelanaAirport) December 22, 2021
ތައި އެއާ އޭޝިއާގެ އަކީ ގިނަ އަދަދެއްގެ ދިވެހިންވެސް ދަތުރުކުރާ އެއލާލައިނެކެވެ. މި އެއާލައިނުން ރާއްޖެއަށް ދަތުރުރައް ފެށުމުން، އެ ސަހަރަށްދުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދުވެސް އިތުރުވާނެކަމަށް ލަފާކުރެވެއެވެ.