ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މެރިޓައިމް ސަރވައިވަލް ސެންޓަރު ހެދުމުގެ މަސައްކަތް  އެމްޓީސީސީއާއި
ހަވާލުކޮށްފިއެވެ.

މި މަސައްކަތް ހަވާލުކުރުމަށް  އިއްޔެ އެމްޓީސީސީގައި ބޭއްވި ރަސްމިއްޔާތުގައި، އެކުންފުނީގެ ފަރާތުން ސޮއި
ކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަލްފާޟިލް އާދަމް އާޒިމްއެވެ. އަދި ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ފަރާތުން
ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. މުހައްމަދު ޝަރީފެވެ.

މި މަޝްރޫއުގެ ދަށުން ޝީޓް ޕައިލްކޮށްފައިވާ 1،200 ކިއުބިކް މީޓަރުގެ ލޭންޑް ފިލްކުރުމާއި، 35 މީޓަރުގެ އެއްގަމު ތޮށި ޝީޓް ޕައިލްކުރުމާއި، 27.25 މީޓަރުގެ އެއްގަމު ހުރަސް ތޮށީގައި ކޮންކްރީޓް ގާ ޖެއްސުމާއި 4.2 މީޓަރު ދިގުމިނުގެ 6.4 މީޓަރު ފުޅާމިނުގެ ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނެއެވެ. އަދި ވާ އައްސާ މޫރިން ބޮލާޑް ހަރުކުރުމުގެ މަސައްކަތުގެ އިތުރުން އެންވަޔަރަމެންޓަލް އިމްޕެކްޓް އެސެސްމެންޓް ހެދުމުގެ މަސައްކަތް ހިމެނެއެވެ.

210 ދުވަހުގެ ތެރޭގައި ނިންމާގޮތަށް ހަވާލުކުރި އެ ޕްރޮޖެކްޓަކީ 4.59 މިލިއަން ރުފިޔާގެ ޕްރޮޖެކްޓެކެވެ.

1980 ވަނަ އަހަރު އެމްޓީސީސީ އުފެދުނީއްސުރެވެސް ރާއްޖޭގެ އުމްރާނީ ތަރައްގީއާއި އިޖުތިމާއީ މަސީލަތްތައް ބިނާކުރުމުގައި އެ ކުންފުނިން ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *