ފޮޓޯ: ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ޙަސީނާއަށް ރަސްމީގޮތުން މަރުޙަބާ ދެންނެވުން

ބަނގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާއަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފިއެވެ.

ޝައިހް ހަސީނާއަށް މަރުހަބާ ދެންނެވުމަށް މިއަދު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި، ނައިބުރައީސް ފައިސަލް ނަސީމްގެ އިތުރުން ކެބިނެޓްގެ ވަޒީރުން ބައިވެރިވެވަޑައިގެންނެވިއެވެ.

އެކަމަނާއަށް މަރުހަބާ ދެންނެވުމުގެ ގޮތުން 21 ބަޑީގެ ސަމާލަކާއެކު ގާޑް އޮފް އޮނާރއެއް ވަނީ އަރުވާފައެވެ. ރަސްމީ އިއްޒަތުގައި މަރުހަބާ ދެންނެވުމުގެ ރަސްމިއްޔާތު ނިމުމާއެކު އެކަމަނާ ރައީސް އޮފީހަށް ވަޑައިގެންނެވީ ފައިމަގުގައެވެ. ރައީސް އޮފީސްއަށް ވަޑަިއގެން،  މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރެއްވުމަށްފަހު ޝެއުހް ހަސީނާވަނީ ރަސްމީ ފޮޓޯކޮޅެއް ނަންގަވާފައެވެ.

މިހާރު ކުރިއަށްދަނީ ދެ ޤައުމުގެ މެދުގައި ކުރިއަށްގެންދިޔުމަށް ނިންމާފައިވާ ރަސްމީ ވާހަކަފުޅުތަކެވެ.

މި ދަތުރުފުޅުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެ ބައެއް އެއްބަސްވުންތައް ދެޤައުމުގެ ދެމެދު ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދެޤައުމުގެ ދެމެދު މަޝްވަރާކުރައްވާ ކަންކަމާގުޅޭ ތަފްޞީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާއާ ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

ބަންގްލަދޭޝްއާ ރާއްޖޭގެ މަތީފަންތީގެ ބޭފުޅުން މި އަހަރުގެ ތެރޭގައި މި ދެ ޤައުމުގެ ދެމެދުގައި ކުރެއްވި ރަސްމީ ދަތުރުފުޅުތަކާއެކު ދެ ޤައުމުގެ ގުޅުން ވަނީ އިތުރަށް ބަދަހިވެފައެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *