ފިލިޕީންސްއަށް މިއަހަރު އެރި އެންމެ ބާރުގަދަ ތޫފާން، ތޫފާން ރާއީގައި ހާލުގައި ޖެހުނު ދިވެހިންނަށް ސަރުކާރުގެ ފަރާތުން މާލީ އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފިއެވެ.

މިދިޔަ ހަފްތާގައި އެ ގައުމަށް އެރި ތޫފާނުގައި އެ ގައުމުގެ ސޭބޫ ސިޓީގައި ދިރިއުޅެމުން ދިޔަ ދިވެހި ދަރިވަރުންތަކެއް ދިރިއުޅުނު ޑޯމިޓަރީއަކަށް ވަނީ ގެއްލުންވެފައެވެ. ފޮރިން މިނިސްޓްރީން ބުނީ ތޫފާނުގެ ސަބަބުން އެދަރިވަރުންނަށް ފެނާއި ކަރަންޓު ލިބުމުގައި ދަތިތަކާއި ކުރިމަތިވެ ކެނޑި މުއާސަލާތީ ޚިދުމަތްތައް ވެސް އެ ސަރަހައްދަށް މެދކެނޑިފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ ހާލުގައި ޖެހިފައިވާ ދަރިވަރުން، އަސާސީ ހިދުމަތްތައް ލިބެންހުރި ހިޔާއަކަށް ވަގުތީގޮތުން ބަދަލުވުމަށްޓަކައި، އެންސްޕާއާއި ޒަކާތު ފަންޑު މެދުވެރިކޮށް ދިވެހި ސަރުކާރުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

މިނިސްޓްރީން ބުނީ މި އެހީ ސަރުކާރުން ދޭން ނިންމާފައިވަނީ އެއް މަސް ދުވަހަށް ކަމަށެވެ. ސަބަބަކީ އަސާސީ ހިދުމަތްތައް ދިނުމަށް ފިލިޕީންސްގެ ސަރުކާރުން މަސައްކަތްކުރަމުންދާތީވެއާއި އެކަމަށް މަހެއްހާ ދުވަސް ހޭދަވާނެކަމަށް ބެލެވޭކަމަށް ފިލިޕީންސްގެ އެމްބަސީން މައުލޫމާތު ދޭތީކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިނިސްޓްރީން ވަނީ މީގެ ކުރިން ދަރިވަރުންނަށް ފެނާއި ކާބޯތަކެތި ފޯރުކޮށްދީފައިވާކަންވެސް ހާމަކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *