އެޗްއާރްސީއެމް އިން ދޫނިދޫ ކަސްޓޯޑޮއަލް އަށް ކުރި ޒިޔާރާތުގެ ތެރެއިން---- ފޮޓޯ: އެޗްއާރްސީއެމް
ހިއުމަން ރައިޓްސް ކޮމިޝަނުގެ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލަށް މޮނިޓަރިން ޒިޔާރަތެއް ފަށައިފިއެވެ.
އެ ޒިޔާރަތުގައި ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގެ އިސްވެރިންނާއި، މުއައްޒަފުން އަދި ބަންދުގައި ތިބިފަރާތްތަކާ ބައްދަލުކޮށްފައިވެއެވެ.
ކޮމިޝަނުން ބުނީ ނޭޝަނަލް ޕްރިވެންޓިވް މެކޭނިޒަމްއިން މިއަދާއި މާދަމާ ކުރާ މި ޒިޔާރަތުގެ މައިގަނޑު މަގްސަދުތަކުގެ ތެރޭގައި ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްގައި ތަހުގީގަށް ބަންދުކުރެވޭ މީހުންނާއި އެތަނުގައި ތިބޭ އުމުރުން 18 އަހަރުން ދަށުގެ ކުދިން ބަންދުގައި ބައިތިއްބާއިރު އެމީހުންނާއި ދޭތެރޭ އަނިޔާވެރި، ލާއިންސާނީ ނުވަތަ ދަށުދަރަޖައިގެ އަމަލެއް ހިނގާތޯ ބެލުންކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުތަކުން ކަށަވަރުކޮށްދޭ އިންސާނީ ހައްގެއް ގެއްލޭފަދަކަމެއް ހިނގާތޯބެލުމެވެ.
އޭގެ އިތުރުންވެސް ދޫނިދޫ ކަސްޓޯޑިއަލްގެ މުވައްޒަފުންނަށް ގާނޫނުއަސާސީއާއި، ގާނޫނުތަކާއި ބައިނަލްއަގްވާމީ މިންގަނޑުތަކުން ލިބިދޭންޖެހޭ ހައްގުތައް ކަށަވަރުކުރެވިފައިވާ މިންވަރު ބަލައި މުވައްޒަފުންގެ ހާލަތު މި ޒިޔާރަތުގައި ބަލާނެ ކަމަށް އެކޮމިޝަނުން ބުނެއެވެ.
އަދި މުވައްޒަފުންނަށް މަސައްކަތްކުރުމަށް ދިމާވާ ދަތިތައްވެސް ދަނެގަނެ  ދޫނިދޫ ކަސްޓޯޑިއަލްގެ މާއްދީ ހާލަތާއި އާންމު ހާލަތު ވެސް އެކޮމިޝަނުން ދެނެގަންނާނެކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ކޮމިޝަނުން ބުނީ ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލްއަށް ކުރާ ޒިޔާރަތުގައި ފާހަގަކުރެވޭ ކަންތައްތައް ހިމެނޭ ކަރުދާހެއްވެސް ކަސްޓޯޑިއަލްއާ ހަވާލުކުރާނެ ކަމަށެވެ.
އަދި މި ޒިޔާރަތުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓު ކޮމިޝަނުން ފާސްވުމުން ދޫނިދޫ ޕޮލިސް ކަސްޓޯޑިއަލާއި މޯލްޑިވްސް ޕޮލިސް ސާވިސް އަދި ކަމާގުޅޭ އެހެނިހެން އިދާރާތަކާ ހިއްސާކުރާނެ ކަމަށް އެޗްއާރުސީއެމުން ބުނެއެއެވެ.
ރިޕޯޓުގައި ފާހަގަކޮށްފައިވާ ކަންކަމާއި، ހުށަހަޅާފައިވާ ހުށަހެޅުންތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއާއެކު ބައްދަލުވުމެއް ބާއްވައި ރިޕޯޓުގައިވާ ހުށައެޅުންތައް ތަންފީޒުވަމުންދާ މިންވަރު ދެނެގަތުމަށް، ލިޔުމުން ގަވާއިދުން ފޮލޯއަޕް ހަދާނެކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *