ކޮމަންޑޫ ދާއިރާ އަށް އެމްޑީޕީގެ ޕްރައިމަރީ އަށް ކުރިމަތިލި ހަމައެކަނި ކެންޑިޑޭޓް މުޙައްމަދު ރާޝިދު------ ފޮޓޯ: ސޯޝަލް މީޑިއާ

ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ  ބައި އިލެކްޝަނުގައި ވާދަކުރަން ވެެރިކަން ކުރާ އެމްޑީޕީން ބާއްވާ ޕްރައިމަރީއަށް ނަން އެންމެ މެމްބަރެއްކަމަށް އެ ޕާޓީން ބުނެފިއެވެ.

ޕްރައިމަރީގައި ބައިވެރިވުމަށް ނަން ހުށަހެޅުމުގެ މުއްދަތު ހަމަވީ އިއްޔެ 16:00 އާ ހަމަޔަށެވެ. އޭރު ބެލެވިފައި އޮތި ކޮމަންޑު ދާއިރާގެ މަޖިލީހުގެ ކުރީގެ މެމްބަރު ހުސެއިން ވަހީދުގެ ދަރިކަނބަލުން ނަޝާ ހުސެއިން ވާދަކުރައްވާނެކަމަށެވެ. އެހެންނަމަވެސް ޕްރައިމަރީއަށް ނަޝާ ނަން ހުށަހަޅާފައެއް ނުވެއެވެ.

އެމްޑީޕީން މިއަަދު ކުރި އިއުލާނެއްގައި ބުނީ އެ ދާއިރާ އަށް ކުރިމަތިލީ މުހައްމަދު ރާޝިދު ، ޔުނިވާސް ށ.ފޯކައިދޫ އެކަނި ކަމަށެވެ. ރާޝިދަކީ ފޯކައިދޫ ކައުންސިލްގެ ސެކެޓްރީ ޖެނެރަލްއެވެ.

ޕްރައިމަރީއަށް އެންމެ ފަރާތަކުން ނަން ހުށަހެޅުމުން، އެ ކެންޑިޑޭޓްގެ ޝަރުތުހަމަވާނަމަ ދާއިރާގެ ބައި އިލެކްޝަނަށް އެމްޑީޕީން ޕްރައިމަރީއެއް ނުބާއްވާނެއެވެ. ފޯކައިދޫ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ އިތުރުން ރާޝިދު ވަނީ އެރަށު ކައުންސިލް ރައީސްކަންވެސް ގިނަ ދުވަސްތަކަކަށް އަދާކުރައްވާފައެވެ.

'ޖަޒީރާ' އަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި، ހުސެއިންގެ އެންމެ ގާތް އެކުވެރިޔާ، އަދި ކެޔޮދޫ ދާއިރާގެ މެމްބަރު ހުސެއިން ގާސިމް ވިދާޅުވީ ހުސެއިން ތައްޔާރުވެވަޑައިގެންނެވީ، ދެން އަންނަ ދައުރަށް މިހާރު އެމްޑީޕީ ގައުމީ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ރައީސް މުހައްމަދު ޖަލާލު ނެރުއްވުމަށެވެ. އެކަމަކު ޖަލާލް ވެސް އެ ދާއިރާގެ ޕްރައިމަރީއަށް ކުރިމަތިލައްވާފައެއް ނުވެއެވެ.

މިހާތަނަށް މި އިންތިހާބުގައި ވާދަކުރައްވާނެ ކަން އިއުލާންކޮށްފައި ވަނީ އެމްޑީޕީ، ޕީޕީއެމް އަދި ކާނަލް މުހައްމަދު ނާޒިމް އިސްވެ ހުންނަވައިގެން އުފެއްދެވި އެމްއެންޕީއެވެ. އަދި މިހާތަނަށް އެ ދާއިރާގެ ބައި އިލެކްޝަނަށް ކެންޑިޑޭޓެއް ޔަގީންކޮށްފައިވަނީ ހަމައެކަނި އެމްޑީޕީންނެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބާއްވަން ވަނީ ތާވަލްކޮށްފައެވެ. ބައި އިލެކްޝަނެއް ބާއްވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. އެ އިންތިހާބުގައި ވޯޓު ލެވޭ ފަރާތްތަކުގެ ވޯޓާސް ލިސްޓުވެސް އިލެކްޝަންސް ކޮމިޝަނުން މިހާރު ވަނީ އާންމުކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *