އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ (ވ) އަދި އޭސީސީގެ ނައިބު ރައީސް ފާތިމަތު އަނޫލާ (ކ)

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ މެމްބަރުން ވަކިކުރުމުގެ މައްސަލައިގެ އިތުރުން އެކޮމިޝަނުގެ މެމްބަރުން އުސޫލާ ހިލާފްވި މައްސަލައެއް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބަލަން ހުށަހަޅައިފިއެވެ.

ކޮމިޝަނުގެ މެމްބަރުން އުސޫލާ ހިލާފްވި މައްސަލައެއް ކޮމިޓީއަށް ހުށަހެޅީ އެ ކޮމިޓީގައި ތިއްބަވާ ވެރިކަންކުރާ އެމްޑީޕީއަށް ނިސްބަތްވާ ތިން މެންބަރުންގެ ސޮޔާ އެކުގައިކަން 'ޖަޒީރާ'އަށް ވަނީ ކަށަވަރުވެފައެވެ.

އެ މައްސަލަ ކުރިއަށްގެންދާ ކޮމިޓީ ބައްދަލުވުން ތާވަލްކޮށްފައި ވަނީ މިރެއަށެވެ. މައްސަލަ ކޮމިޓީއަށް ހުށަހަޅާފައިވީނަމަވެސް، ކޮމިޓީގެ ބައެއް މެމްބަރުން އެމައްސަލަ ބަލަން ވަނީ ދެކޮޅުހައްދަވާފައެވެ. ކޮމިޝަނުގެ މެމްބަރުން އުސޫލާ ހިލާފްވެވަޑައިގެންނެވިކަމަށް ބުނާ މައްސަލައަކީ މެމްބަރުން މަގާމުން ވަކިކުރުމުގެ ކުރިން ގިނަ މައްސަލަތަކެއް އެއްފަހަރާ ނިންމަން މަސައްކަތްކުރާކަމަށް ބުނާ މައްސަލައެކެވެ.

އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އަދި އައިޝަތު އަބްދުﷲ އެވެ.

ކުރީގެ މެމްބަރުން އިބްރާހިމް ޝަކީލް އާއި އަލީ އަޝްރަފް ވަނީ މެމްބަރު ކަމުން އިސްތިއުފާ ދެއްވާފައެވެ. އެދެބޭފުޅުންގެ ތެރެއިން ޝަކީލް އިސްތިއުފާދެއްވީ  އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމާފައިވަނިކޮށެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން ނިންމީ އެ ކޮމިޝަންގެ މަސައްކަތްތައް އެކަށީގެންވާ ސްޕީޑްގައި ކުރިއަށްނުދާ މައްސަލަ ފެންމަތިވެގެންނެވެ. އަދި މިދިޔަ ފަސް އަހަރު ތެރޭ ނިންމި މައްސަލަތަކާއި ކޮމިޝަނުގެ ހިންގުމާއި މައްސަލަތައް ބެލުމުގެ ގާބިލިއްޔަތުކަމުގެ މައްޗަށް ބިނާކޮށް ހެދި އޮޑިޓެއްގެ މައްޗަށް ބިނާކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *