އަހަރު ނިމުމުގެ މުނާސަބަތުގައި އުރީދޫ މޯލްޑިވްސްއިން, ކްލަބް ޕްރިމިއާ މެމްބަރުންނަށް ހާއްސަ ކޭޝްބެކް އޮފާއެއް ތައާރަފްކޮށްފިއެވެ.
މި އޮފާގެ ދަށުން އެމް-ފައިސާ މެދުވެރިކޮށް އެމް-ފައިސާގެ އެއްވެސް އައުޓްލެޓަކަށް ފައިސާ ދައްކާ ކްލަބް ޕްރިމިއާ މެމްބަރުންނަށް އެމް-ފައިސާ ވޮލެޓަށް ފަސް އިންސައްތަ ކޭޝްބެކް ލިބިގެންދާނެއެވެ.
އޭގެ ތެރޭގައި އުރީދޫގެ ބިލްތަކަށް ފައިސާ ދެއްކުން ނުވަތަ އެމް-ފައިސާ އައުޓްލެޓެއް މެދުވެރިކޮށް ކޮފީ، ކެއުން ނުވަތަ ޝޮޕިން އަށް ބިލް ދެއްކުން ހިމެނެއެވެ. އުރީދޫގެ ފަސް އިންސައްތަ ކޭޝްބެކް އޮފާ އަކީ ކްލަބް ޕްރިމިއާ ޕާޓްނަރު އައުޓްލެޓްތަކުގެ ތެރެއިން މިހާރުވެސް ލިބޭ ޑިސްކައުންޓް ބެނެފިޓްތަކަށް އިތުރު ވެލިއު އެޑްކުރެވޭ ލިމިޓެޑް ޓައިމް އޮފާއެއްކަމަށް އުރީދޫއިން ބުނެއެވެ.
"އުރީދޫ ކްލަބް ޕްރިމިއާގެ މަގްސަދަކީ އަޅުގަނޑުމެންގެ އެންމެ އަގުހުރި ކަސްޓަމަރުންނަށް ޕްރިމިއަމް ޕާސަނަލައިޒްޑް ޚިދުމަތެއް ދިނުމުން 'ޝުކުރިއްޔާ' އޭ ބުނުން. ކްލަބް ޕްރިމިއާއާ އެކު، މި ސެގްމެންޓްގައި ހިމެނޭ ކަސްޓަމަރުންނަށް އުރީދޫގެ ބިޒްނަސް ރޭންޖުގެ ބޭރުން ޕްރިވިލެޖްޑް ޚިދުމަތްތައް ފޯރުކޮށްދެވޭ"
ކްލަބް ޕްރިމިއާ މެމްބަރުންގެ ތެރޭގައި ބްރޭންޑްލޫމް، ކޮފީ ލެބް މޯލްޑިވްސް، ކޭއެފްސީ، މެންގޯ، ސޯނީ ލައިފްސްޓައިލް، ކައިލާން އަދި މިނޫންވެސް ގިނަ ބްރޭންޑްތަކެއް ހިމެނެއެވެ. ކްލަބް ޕްރިމިއާގެ އެކްސްކްލޫސިވް މެދުވެރިކޮށް މިތަންތަނުން 20 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ. އަދި މެންބަރުންނަށް ޕާސަނަލައިޒްޑް ހިދުމަތްތަކާއި، ހިތްފަސޭހަ މާހައުލެއް ލިބޭ ކްލަބް ޕްރިމިއާ ލައުންޖަށް ވަނުމުގެ ފުރުސަތު ވެސް ލިބެއެވެ.
މީގެ އިތުރުން ގޯލްޑް އަދި ޕްލެޓިނަމް ކްލަބް ޕްރިމިއާ މެމްބަރުންނަށް ދުނިޔޭގެ އެންމެ ބޮޑު އިންޑިޕެންޑެންޓް އެއާޕޯޓް ލައުންޖް އެކްސެސް ޕްރޮގްރާމް ކަމަށްވާ ޕްރައޯރިޓީ ޕާސްއަށް މެމްބާޝިޕް ލިބިގެންދާނެއެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *