މެމްބަރު އަބްދުﷲ ޖާބިރު.
ސިވިލް ކޯޓުގެ ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅައިދޭން އެދިވަޑައިގެން ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އަށް ސިޓީ އެއް ފޮނުއްވައިފިއެވެ. 
ގާޒީ މަރިޔަމް ވަހީދަށް ފިޔަވަޅު އަޅަން ޖާބިރު އެދިވަޑައިގަތީ އޭނާ ހައްޔަރުކުރުމަށް އެ ކޯޓުން މިއަދު އަމުރެއް ނެރުމާއި ގުޅިގެންނެވެ. ޖާބިރު ހައްޔަރުކޮށްފައިވަނީ ސިވިލް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުމުގެ އަމުރަކާއި ގުޅިގެން, ގދ. ތިނަދޫގައި ހުންނަވަނިކޮށެވެ. އޭނާ ހައްޔަރު ކުރެވުނުތާ ތިން ގަޑިއިރު ތެރޭގައި ވަނީ ދޫކޮށްލާފައެވެ.
ޖޭއެސްސީއަށް ފޮނުއްވި ސިޓީގައި ޖާބިރު ވަނީ ގާޒީ އެ އަމުރު ނެރުއްވީ ޒާތީ ކަމެއްގައި ކަމަށް ވިދާޅުވެ، ތުހުމަތު ކުރައްވާފައެވެ. އަދި ގާނޫނުގެ ދަށުން ކުންފުނީގައި މެނޭޖިންގ ޑިރެކްޓަރެއް ހުންނަ ހާލަތެއްގައި ޗެއަރމަން ހައްޔަރު ނުކުރެވޭނެ ކަމަށް ވެސް އެ ސިޓީގައި ވިދާޅުވެފައިވެއެވެ.
މިކަން ފާހަގަކުރައްވާ ޖާބިރު އެދިވަޑައިގަތީ ގާޒީއަށް ފިޔަވަޅު އަޅައިދިނުމަށެވެ.
0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *