ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރާއްޖެ ވަޑައިގަތުން. ފޮޓޯ: ރައިސް އޮފީސް

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގެންފިއެވެ.

ބިމަން ބަންގްލަދޭޝް އެއަރލައިންގެ ވީވީއައިޕީ ފްލައިޓެއްގައި ޝެއިޚް ހަސިނާ ރާއްޖެ ވަޑައިގެންފައިވަނީ މިއަދު 03:00 ގައެވެ. އެކަމަނާ ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެކަމަނާއަށް މަރުހަބާ ދެންނެވީ ރާއްޖޭގެ ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އާއި ފޮރިންގ ސެކެޓްރީ އަބްދުލްޣަފޫރު މުހައްމަދު އެވެ.

ދަތުރުފުޅުގައި ރާއްޖެއާ ބަންގްލަދޭޝްއާ ދެމެދު 5 އެއްބަސްވުމެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. އެއީ:

  • އެގްރީމަންޓް އޮން އެވޮއިޑަންސް އޮފް ޑަބަލް ޓެކްސޭޝަން އެންޑް ޕްރިވެންޝަން އޮފް ފިސްކަލް އިވޭޝަން ވިތް ރެސްޕެކްޓް ޓު ޓެކްސެސް އޮން އިންކަމް
  • އެގްރީމަންޓް އޮން ދަ ޓްރާންސްފަރ އޮފް ޕްރިޒަނާސް
  • އެމްއޯޔޫ ބިޓްވީން ބަންގްލަދޭޝް އެންޑް މޯލްޑިވްސް އޮން ކޯޕަރޭޝަން އިން ދަ އޭރިއާ އޮފް ޔޫތް އެންޑް ސްޕޯޓްސް ޑިވެލޮޕްމަންޓް
  • އެމްއޯޔޫ އިން ދަ އޭރިއާސް އޮފް ހެލްތް ކެއާ އެންށް މެޑިކަލް ސައިންސެސް ބިޓްވީން ބަންގްލަދޭޝް އެންޑް މޯލްޑިވްސް (އެއްބަސްވުން އާ ކުރުން)
  • އެމްއޯޔޫ އޮން ރިކްރޫޓްމަންޓް އޮފް ކޮލިފައިޑް ހެލްތް ޕްރޮފެޝަނަލްސް ބިޓްވީން ބަންގްލަދޭޝް އެންޑް މޯލްޑިވްސް (އެއްބަސްވުން އާ ކުރުން)

ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި އެކަމަނާއަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އޮންނާނީ މާދަމައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެކަމަނާއަށް މަރުހަބާ ދަންނަވަން ހަމަޖެހިފައިވަނީ ރަސްމީ އިއްޒަތުގައެވެ.

މި ދަތުރުފުޅުގައި ދެ ގައުމު ދޭތެރޭ ގުޅުން ބަދަހި ކުރުމުގެ މަޝްވަރާތައް ކުރުމަށް ހަމަޖެހިފައިވާއިރު، ދެ ގައުމުގެ ވެރިންގެ ޖޮއިންޓް މީޑިއާ ސްޓޭޓްމަންޓެއް ވެސް ދޭނެއެވެ. އަދި ރާއްޖޭގެ ނައިބު ރައީސް، ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުގެ އިތުރުން އުއްތަމަ ފަނޑިޔާރު އަހްމަދު މުއްތަސިމް އަދުނާން، ޝެއިޚް ހަސީނާއަށް އިހްތިރާުގެ ޒިޔާރަޔެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، މާދަމާ ހަވީރު އެކަމަނާ ރާއްޖޭގެ ގާނޫނު ހަދާ މަޖިލީހުގައި ތަގްރީރު ކުރެއްވުމަސް ވެސް ވަނީ ހަމަޖެހިފައެވެ. މާދަމާގެ ހަރަކާތްތަކަށްފަހު، ހުކުރު ދުވަހު އޮންލައިންކޮށް ބާއްވާ ބައްދަލުވުމުގެއްގައި ރާއްޖޭގައި ތިބި ބަންގްލަދޭޝް ރައްޔިތުންނާ ޝެއިޚް ހަސީނާ ބައްދަލު ކުރައްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *