މަހުން އުފައްދާ އުފެއްދުންތަކުގެ ތެރެއިން އަގު އެއްކުރި އެއްފެއްދުންތައް ތައްޔާރުކުރަން ދަސްކޮށް ދިނުމަށް ދިވެހި މަސްވެރިންގެ ޖަމްޢިއްޔާއިން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމްގައި މިފްކޯއިން އެއްބާރުލުންދޭން ނިންމައިފިއެވެ.

މި އެއްބަސްވުމުގެ ދަށުން މަހުން އަގު އެއްކުރި އުފެއްދުންތައް ތައްޔާރުކުރަން ދަސްކޮށްދިނުމަށް ދިވެހި މަސްވެރިންގެ ޖަމިއްޔާއިން ގއ. ގެމަނަފުށީގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ތަމްރީނުތަކުގައި މިފްކޯއިން ފަންނީ ގޮތުން އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

އެގޮތުން މި ތަމްރީން ހަރަކާތްތަކުން ބައިވެރިންނަށް ބޭނުންވާ މައުލޫމާތު ދިނުމުގެ ކްލާސްތަކާއި އަމަލީ ގޮތުން ކުރިއަށް ގެންދަންޖެހޭ ހަރަކާތްތައް ގެންދިޔުމަށް މިފްކޯގެ ފަންނީ އެހީތެރިކަން ލިބިގެންދާނެ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

މިފްކޯއިން ބުނީ މީގެ މަގުސަދަކީ ދިވެހި މަސްވެރިން ޖަމިއްޔާއާއި މިފްކޯއާއި ގުޅިގެން ގެމަނަފުށީގެ ދެޖިންސުގެ ބޭފުޅުންނަށް މަހުގެ އުފެއްދުންތައް ތައްޔާރުކުރުމަށް ބޭނުންވާ ތަމްރީނު ފޯރުކޮށްދިނުމާއި އަދި މިހާރުވެސް ގޭގޭގައި އުފައްދާ ވިއްކަމުންދާ އެކި ބާވަތްތަކުގެ ކާނާ ތައްޔާރުކޮށް ބަންދުކޮށް ގިނަ ދުވަހު ގެންގުޅުމަށް ބޭނުންވާ ހުނަރު ދަސްކޮށްދިނުމާއި އަދި އެކަމާއި ގުޅުންހުރި އެންމެހާ މައުލޫމާތު ފޯރުކޮށްދިނުން ކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *