މެމްބަރު އަބްދުﷲ ޖާބިރު.

މަދަނީ މައްސަލައެއްގައި ހުކުމް ތަންފީޒުކުރުމަށްޓަކައި ސިވިލް ކޯޓުގެ އަމުރެއްގެ ދަށުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހައްޔަރުކުރިތާ ތިން ގަޑިއިރުތެރޭ ދޫކޮށްލައިފިއެވެ.

'ޖަޒީރާ'އަށް އެނގިފައިވާ ގޮތުގައި ޖާބިރު ހައްޔަރުކުރީ އޭނާ ފަށަން ތައްޔާރުވަމުންދިޔަ ރިސޯޓު މަޝްރޫއަކަށް ގދ. ތިނަދޫގައި ހުއްޓާ މިއަދު ހެނދުނު 7 ޖަހާކަންހާއިރުއެވެ.

އެހެންނަމަވެސް މިހާރު ޖާބިރުދޫކޮށްލާފައިވާކަން މި ނޫހަށް ވަނީ ކަށަވަރުވެފައެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ ކޮން މައްސަލައަކާ ގުޅިގެން ކަމެއް ފުލުހުންގެ ފަރާތުން އަދި ހާމައެއް ނުކުރެއެވެ. އަދި އޭނާ ދޫކޮށްލިކަމެއްވެސް ފުލުހުން ހާމައެއްނުކުރެއެވެ.

އަދި އެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުންވެސް ވަކި އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް އެމައްސަލައިގައި ޖާބިރު ހައްޔަރުކުރިކަން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ސަމާލުކަމަށް ގެނައިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *