އެމްއެންޕީ އުފެއްދުމަށް ބޭއްވި ބައްދަލުވުމުގް ތެރެއިން

މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ހަރަކާތްތަކަށް ފައިސާގެ އެހީއަށް އެދިއްޖެއެވެ.

މިކަމަށް އެދި އެމްއެންޕީން ކުރި  އިއުލާނުގައި ވަނީ ޕާޓީގެ ހަރަކާތްތައް ކުރިއަށް ގެންދިއުމަށްޓަކައި ޕާޓީގެ މެމްބަރުންނާއި ސަޕޯޓަރުންގެ އެހީތެރިކަމަށް އެދިފައެވެ.

އަދި އޭގައި ބުނެފައިވަނީ ޕާޓީގެ އަމާޒަށް ވާސިލްވުމަށްޓަކައި ރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި ގޮފިތަކެއް އެކުލަވާލެވި، މަސައްކަތްތައް ދާއިމީ ގޮތެއްގައި ކުރިއަށް ގެންގޮސް، ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް އެކަށީގެންވާ ގޮތެއްގައި ހިންގޭނީ އެމްއެންޕީއަށް ތާއީދު ކުރާ ފަރާތްތަކުގެ ދީލަތި އެހީތެރިކަމާއެކު ކަމަށެވެ.

މިކަން ފާހަގަކޮށް އެ އިއުލާނުގައި ވަނީ ފައިސާގެ އެހީއަށް އެދިފައެވެ.

އެމްއެންޕީ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ރެޖިސްޓްރީ ކުރި ފަހުން، އެ ޕާޓީގެ ހަރަކާތްތައް ވަނީ ވަރަށް ބޮޑަށް ފުޅާކޮށްފައެވެ. އެގޮތުން އަތޮޅު ތެރެއަށް ޕާޓީގެ ލީޑަރޝިފުން ދަތުރުތައް ކުރައްވާ މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް ފުޅާކޮށްފައިވާއިރު، މިހާރު ހުސްވެފައިވާ ކޮމަންޑޫ ދާއިރާގެ ގޮނޑިއަށް ޕާޓީގެ ފަރާތުން ކެންޑިޑޭޓެއް ނެރުމަށް ވެސް ދަނީ ތައްޔާރުވަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *