ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު -- ފައިލް ފޮޓޯ: ޖަޒީރާ

ސިވިލް ކޯޓަށް ހުށަހެޅިފައިވާ މަދަނީ މައްސަލައަކާ ގުޅިގެން ހެދި ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ހައްޔަރުކޮށްފިއެވެ.

'ޖަޒީރާ'އަށް އެނގިފައިވާ ގޮތުގައި މެމްބަރު ޖާބިރު ހައްޔަރުކޮށްފައިވަނީ ގދ. ތިނަދޫގައި ހުންނަވަނިކޮށް މިއަދު ހެނދުނުގެ ވަގުތެއްގައެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ އޭނާގެ މައްޗަށް ސިވިލް ކޯޓުން ނެރުނު ހުކުމް ތަންފީޒުކުރުމުގެ އަމުރަކާއި ގުޅިގެންނެވެ. ފުލުހުންގެ ފަރާތުން އެމައްސަލައިގައި އަދި ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ.

އަދި ޖާބިރު ހައްޔަރުކުރި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ފަރާތުންވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް ޖާބިރު ހައްޔަރުކޮށްފައިވާކަން މަޖިލިސް ރައީސްގެ ސަމާލުކަމަށް މިހާރު އައިސްފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ޖާބިރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނުގެ ދަށުންނެވެ. 

އެގާނޫނު ބުނާ ގޮތުންނަމަ މަޖިލިސް މެމްބަރެއް ހައްޔަރުކުރުމާއެކު ވީއެންމެ އަވަހަކަށް އެކަން ބެލުމަށްޓަކައި މަޖިލީހުގެ އިމްތިޔާޒް ކޮމިޓީ އެއްކުރަންވާނެއެވެ. އަދި ކޮމިޓީން އެމައްސަލައެއް ބެލުމަށްފަހު އެކަމާ ގުޅޭ ރިޕޯޓެއް މަޖިލިސް ރައީސަށް ފޮނުވަންވާނެކަމަށް ވެސް ގާނޫނުގައި ބުނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *