ރައީސް ނަޝީދު މިއަދުގެ މަޝްވަރާ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަނީ. ފޮޓޯ: އެމްޑީޕީ

ރާއްޖޭގައި "އިންޑިއާ އައުޓް"  ކެމްޕޭން ނުހިންގޭނެކަމަށާއި، ފުލުހުން ނިކުމެ އެކަން ހުއްޓުވުމަށް  މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ގޮވާލައްވައިފިއެވެ.

ރައީސް ނަޝީދު މިފަދައިން ގޮވާލެއްވީވީ، އެމްޑީޕީގެ މާލެ ސިޓީ ދާއިރާގެ ރައީސުން މާލޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް މިހާރު ކުރިޔަށްގެންދާ މަޝްވަރާ ބައްދަލުވުމުގައި ވާހަކަދައްވަމުންނެވެ.

ރައީސް ނަޝީދު ވިދާޅުވީ، "އިންޑިއާ އައުޓް" ނުގޮވޭނެކަމަށާއި، އެއީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ މަސްލަހަތާއި ހިލާފުކަމެއްކަމަށެވެ.

އަަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރާއްޖޭގެ އެކިއެކި ސަރަހައްދުތަކުގައި، އިންޑިއާ އައުޓް ޖަހައިގެން ބޭރަށް ނިކުމެ ގޮވަމުން ނުހިނގެވޭނެކަމަށާއި، އެއީ ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމެއްކަމުގައި ރައީސް ނަޝީދު ވިދާޅުވިއެވެ.

އިންޑިއާ އައުޓެއް ނުގޮވޭނެ! އެއީ ކަނޑައެޅިގެން ދިވެހި ރާއްޖޭގެ މަސްލަހަތާއި ހިލާފުކަމެއް، ކަނޑައެޅިގެން ރާއްޖޭގެ އެކިއެކި ތަންތަނުގައި ގޮވަމުން ނުހިނގެވޭނެ. ރައީސް ޔާމިން އަކަށް އިންޑިއާ އައުޓް ޖަހައިގެން ބޭރަށް ނިކުމެ ގޮވަމުން ނުހިނގެވޭނެ،ފުލުހުން ނުކުމެ ހުއްޓުވަން ޖެހޭ ކަމެއް.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، ސަރުކާރާއި އިންޑިއާއާ ދެމެދުގައި އޮންނަ ގާތް ގުޅުމަށާއި، އިންޑިއާ ސިފައިން ރާއްޖޭގައި ސްޓޭޝަންވެ ތިބޭ ތިބުމާއި ދެކޮޅަށް އިދިކޮޅު ފަރާތްތަކުން  ކުރިޔަށްގެންދާ "އިންޑިއާ އައުޓް" ހަރަކާތް، ކުރީގެ ރައީސް ޔާމީން މިނިވަންވުމާއެކު ފުޅާވެގެންގޮސްފައިވާތަން ދަނީ ފެންނަމުންނެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *