. ތ. ވިލުފުށި. އެރަށުގައި އެއާޕޯޓެއް އެޅުމަށް ސަރުކާރުންް ވަނީ އިއުލާންކޮށްފަ.' ފޮޓޯ: ރައީސް އޮފިސް

ރާއްޖޭގެ ހަ ސަރަހައްދެއްގައި ޑޮމެސްޓިކް އެއާޕޯޓު އަޅަން މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާންސްޓްރަލްޗާއިން އިއުލާންކޮށްފިއެވެ.

ޖުމްލަ 133.9 މިލިއަން ޑޮލަރަށް ހަ އެއާޕޯޓު ތަރައްގީކުރުމަށް އެ މިނިސްތްރީން އިއުލާންކުރީ އިއްޔެއެވެ. މިނިސްޓްރީން ކުރި އެ އިއުލާނަކީ ހދ. މަކުނުދޫ، ށ. ބިލެތްފަހި، ބ. ތުޅާދޫ، ތ. ވިލުފުށި، ފ. މަގޫދޫ އަދި ރ. އަތޮޅުގެ ދެކުނުބިތުގައި އަޅަން ނިންމާފައިވާ ޑޮމެސްޓިކް އެއާޕޯޓުތަކާއި ގުޅޭ އިއުލާނެކެވެ.

އެ އިއުލާނުގައި މިނިސްޓްރީން ބުނީ އެ ހަ އެއާޕޯޓު ތަރައްގީކޮށް ފައިނޭންސް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށްޓަކައި ޝައުގުވެރިކަން ފާޅުކުރުމަށް އެދިފައެވެ.

އެއަޕޯޓް މަޝްރޫއުތަކަށް ހޭދަވާނެ ކަމަށް އަންދާޒާކުރާ އަދަދަކީ:

  • ހދ. މަކުނުދޫ - 23،300،000 ޑޮލަރު
  • ށ. ބިލެތްފަހި - 23،600،000 ޑޮލަރު
  • ބ. ތުޅާދޫ - 21،900،000 ޑޮލަރު
  • ތ. ވިލުފުށި - 33،300،000 ޑޮލަރު
  • ފ. މަގޫދޫ - 8،200،000 ޑޮލަރު
  • ރ. އަތޮޅު - 23،600،000 ޑޮލަރު

އެ މަޝްރޫތަކަކީ ވަކި މަޝްރޫތަކެއްކަމުން މަޝްރޫއުތަކަށް ޝައުގުވެރިކަން ފާޅުކުރާއިރު، ތަރައްގީ ކުރަން ބޭނުންވާ ނުވަތަ ފައިނޭންސް ކުރަނީ ކޮން އެއާޕޯޓް މަޝްރޫއަކަށް ކަން ބަޔާން ކުރުމަށް ޕްލޭނިން މިނިސްޓްރީން އެދެއެވެ. މިނިސްޓްރީން ބުނީ ހަމައެކަނި ފައިނޭންސް ކުރުމަށް ޝައުގުވެރިކަން ފާޅުކުރާނަމަ، އެންމެ ދަށްވެގެން 5 މިލިއަން ޑޮލަރު ހުށަހަޅަން ޖެހޭ ކަމަށެވެ.

ޕްލޭނިން މިނިސްޓްރީން އިތުރަށް ބުނީ، އެއާޕޯޓް ތަރައްގީކުރުމަށް ނުވަތަ ފައިނޭންސް ކުރުމަށް ހުށަހަޅާ އިންވެސްޓްމަންޓުގެ އަދަދު، އެ މަޝްރޫއެއްގެ މުގާބިލުގައި، ފަތުރުވެރިކަމަށް ކުއްޔަށް ދޫކުރާނެ ރަށް ނުވަތަ ބިން ނުވަތަ ފަޅުގެ އެކްއިޒިޝަން ކޮސްޓާއި، އެ ތަނެއްގެ ބިމު ކުލީގެ ގޮތުގައި ކަނޑައެޅޭ ފައިސާގެ އަދަދާ އަޅައިކަނޑައިދެވޭނެ ކަމަށެވެ.

މި މޮޑެލްގެ ދަށުން، ބިޑްކުރުމުގެ ދައުވަތަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުސޫލު (އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ) ގެ ދަށުން، ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާނީ، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށެވެ. ޝައުގުވެރިކަން ފާޅުކޮށް ހުށަހެޅުމުގައި، އަންސޮލިސިޓަޑް ޕްރޮޕޯޒަލްސް ޕޮލިސީ އެޕްލިކޭޝަން ފޯމު ފުރިހަމަކޮށްފައި، އެ ފޯމު ހުށަހަޅަންވާނެކަމަށް އިއުލާނުގައި ބުނެއެވެ. މިނިސްޓްރީން ބުނީ އެކަމަށްޓަކައި އީމެއިލް މެދުވެރިކޮށް ވެސް ފޯމު ހުށަހެޅޭނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *