ހުޅުލެ މަތިން ޖައްވު ނުސާފުވެފައި. މެޓް އޮފީހުން ބުނީ ޖައްވު ނުސާފު ވަނީ އުތުރު އިންޑިއާއިން އަންނަ ދުމާއި ހިރަފުހުގެ ސަބަބުން ކަމަށް. ފޮޓޯ: މެޓް އޮފީސް

މި ދުވަސްވަރު ރާއްޖޭގެ ޖައްވު ފުސްކޮށް ފެންނަނީ ހިމާލަޔާ ފަރުބަދަ ސަރަހައްދުން ހިރަފުހާއި ދުން ރާއްޖެއަށް ފޯރާތީވެކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާވިސަސް (މެޓް އޮފީސް) އިން ބުނެފިއެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރަކީ ހުޅަނގު މޫސުމުން އިރުވައި މޫސުމަށް ވައި ބަދަލުވަމުންދާ ދުވަސްވަރެއްކަމަށެވެ. އަދި މިފަހަކަށް އައިސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ވައި ނުސާފުވެ، ދުރުފެންނަ މިންވަރު ދަށްވާ ދަށްވުމަކީ ނޭޕާލް، އިންޑިއާ އަދި ބޫޓާންގެ ކައިރި ހިމާލަޔާ ސަރަހައްދުތަކުން އަންނަ ހިރަފުހާއި ދުން ރާއްޖެއާ ހިސާބަށް ފޯރާތީވެ އެކަމުގެ އަސަރުތައްކަމަށް މެޓް އޮފީހުން ބުނެއެވެ. މިކަމުގެ އަސަރު ވަކިން ހާއްސަކޮށް އުތުރާއި މެދު ރާއްޖެތެރޭގެ ރަށްރަށަށްކުރާނެކަމަސް އެ އޮފީހުން ލަފާކުރެއެވެ.

މެޓް އޮފީހުން ބުނީ މިގޮތަށް އެންމެ ބޮޑަށް ހިރަފުހާއި ދުމުގެ އަސަރު ރާއްޖެއަށް ކުރާކަމަށް ފާހަގަވެފައިވަނީ ޑިސެމްބަރާއި މާޗު މަސް ތެރޭ ކަމަށެވެ. އަދި މި ހިރަފުހާއި ދުމުގެ ސަބަބުން ނޭވާލާ ނިޒާމުގެ މައްސަލަތައް ހުންނަ ފަރާތްތަކަށްއުނދަގޫވުމަކީވެސް ގާތްކަމެއް ކަމަށް އެ އޮފީހުން ލަފާކުރެއެވެ.

އަދި މި ދުވަސްވަރު ވާރޭފެން ރައްކާކުރުމާއި ބޭނުންކުރުމުގައި ސާފުތާހިރުކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް ވެސް އެ އޮފީހުން އިލްތިމާސްކުރެއެވެ.

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *