މާލެ މަގުމަތީގައި ބަޔަކު ހަރަކާތްތެރިވަނީ -- ފޮޓޯ: އިފާޒް / ޖަޒީރާ

ރާއްޖެއިން މިދިޔަ ހަފްތާ ތެރޭ ޖުމްލަ 815 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވްވިއިރު އޭގެ ތެރެއިން ގިނަ ކޭސްތަކަކީ އަތޮޅުތެރޭ ރަށްތަކުން ފެނުނު ކޭސްތަކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން މިދިޔަ ހަފްތާތެރޭ (ޑިސެމްބަރު 17-23) އާ ހަމަޔަށް އާންމުކުރި ތަފާސްހިސާބުތަކަށް ބަލާއިރު ޖުމްލަ 815 ކޭސް ރާއްޖެއިން ފެނުނުއިރު މާލެ ސަރަހައްދުން ޕޮޒިޓިވްވި 207 މީހެކެވެ.  އަތޮޅުތެރެއިން ޕޮޒިޓިވްވި މީހުންގެ އަދަދު ހުރީ 427 ގައެވެ. އޭގެ އިތުރުން ރިސޯޓްތަކުންވެސް 181 މީހަކު ވަނީ ޕޮޒިޓިވްވެފައެވެ.

އެ މުއްދަތުގައި ރާއްޖެއިން ވަނީ ޖުމްލަ 27،045 ސާމްޕަލް ބައްޔަށް ޓެސްޓުކޮށްފައެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުން ނެގި 9.004 ސާމްޕަލް ހިމެނެއެވެ. ނެގި ސާމްޕަލްތަކުގެ ތެރެއިން ޕޮޒިޓިވިޓީ ރޭޓް ހުރީ ތިން ޕަސަންޓުގައެވެ. މާލެ ސަރަހައްދުން ޕޮޒިޓިވްވީ ނެގި ސާމްޕަލްތަކުގެ 2.2 ޕަސަންޓް މީހުންނެވެ.

ކޮވިޑަށް މިވަގުތު ފަރުވާކުރަމުންދާ މީހުންގެ އަދަދު ނުވަތަ އެކްޓިވް 1،925 ކޭސް މިވަގުތު ރާއްޖޭގައި އެބަތިއްބެވެ. އަދި ހޮސްޕިޓަލުގައި 13 މީހަކަށް ފަރުވާ ދެމުންދާއިރު، ކޮވިޑްގައި މަރުވި މީހުންގެ އަދަދު ވަނީ 261 އަށް އަރާފައެވެ. މިދިޔަ ހަފްތާ ތެރޭ ދެ މީހަކު ވަނީ ކޮވިޑުގައި މަރުވެފައެވެ.

ކޮވިޑުގެ އެންމެ ފުރަތަމަ ކޭސް ރާއްޖެއިން ފެނުނީ މިދިޔަ އަހަރުގެ މާޗު މަސްތެރޭގައެވެ. އޭގެ ފަހުން މިހާރު ޖުމްލަ 94،444 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. އޭގެ ތެރެއިން 92،245 މީހަކު ކޮވިޑުން ރަނގަޅުވިއިރު، ކޮވިޑަށް ޕޮޒިޓިވްވެފައި ވަނިކޮށް އެހެން ސަބަބުތަކާ ހެދިވެސް 13 މީހަކު ވަނީ މަރުވެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *