ބާރުބޮޑ ގަޑިތަކުގައި ކޮންމެ 15 މިނިޓަކުން ހިޔާ ފްލެޓް ސަރަހައްދުން ބަސް ދަތުރު ކުރާ ގޮތަށް އެމްޓީސީސީން ހަމަޖައްސައިފިއެވެ.

އެމްޓީސީސީން އާންމުކޮށްފައިވާ ބަސް ޝެޑިއުލްގައިވާ ގޮތުން ބާރުބޮޑު ގަޑިތަކުގައި ކޮންމެ 15 މިނިޓަކުން ބަސް ދަތުރުތައް އޮންނާނީ ހަފްތާ ދުވަސްތަކުގައެވެ. އެގޮތުން، ހޮނިހިރު ދުވަހުން ބުރާސްފަތި ދުވަހުގެ ނިޔަލަށް ކޮންމެ 15 މިނިޓަކުން ބަސް ދަތުރު އޮންނާނެއެވެ.

ޝެޑިއުލްގައިވާ ގޮތުން ދުވަހުގެ ފުރަތަމަ ބަސް ދަތުރު ފެށޭނީ ފަތިހު 5:45ގައެވެ. އަދި އެންމެ ފަހު ބަސް ދަތުރު އޮންނާނީ ރޭގަނޑު 12:15ގައެވެ.

ހުކުރު ދުވަސް ބަސް އޮންނާނީ ކޮންމެ 30 މިނިޓަކުންނެވެ. އެގޮތުން ހުކުރު ދުވަހު ހުކުރު ގަޑީގެ ކުރިން އެންމެ ފުރަތަމަ ބަސް އޮންނާނީ ފަތިހު 5:45ގައެވެ. އަދި ހުކުރުގަޑީގެ ކުރިން އެންމެފަހު ބަސް އޮންނަނީ 11:45 ގައެވެ. ހުކުރަށްފަހު އެންމެ ފުރަތަމ ބަސް އޮންނާނީ 1:45ގައެވެ. އަދި ދުވަހުގެ އެންމެ ފަހު ދަތުރު އޮންނާނީ ރޭގަނޑު 12:45ގައެވެ.

ހިޔާ ފްލެޓް ސަރަހައްދަށް ކުރާ ބަސް ދަތުރުތައް އެމްޓީސީސީން އިތުރުކޮށްފައިވާއިރު، އަންނަ ޖެނުއަރީމަހު 1 ވަނަ ދުވަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ ފިނިޝިން ނިންމަން ދިން ގްރޭސް ޕީރިއަޑް ނިމި، މީހުން ދިރިއުޅެން ފަށާނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *