މެލޭޝިއާއަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވި ކާރިސާ-- ފޮޓޯ: ގެޓީ އިމޭޖެސް

މެލޭޝިޔާއަށް ބޯކޮށް ވާރޭވެހި ބޮޑު ފެންބޮޑުވި ކާރިސާގައި 14 މީހުން މަރުވެއްޖެއެވެ.

ފާއިތުވި އަހަރުތަކުގައި މެލޭޝިއާގައި ހިނގި އެންމެ ބޮޑު، ފެންބޮޑުވުމުގެ ކާރިސާގެ ސަބަބުން އެތައް ހާސް ބަޔަކު ވަނީ ގެދޮރު ދޫކޮށް އެހެން ހިސާބުތަކަށް ހިޖުރަކޮށްފައެވެ.

މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 51،000 އާ ގާތްކުރާ އަދަދަކަށް މީހުން ވަނީ ގެދޮރުދޫކޮށް ހިޖުރަކޮށްފައެވެ. އޭގެ ތެރޭގައި ގިނައީ އެންމެ ބޮޑަށް ގެއްލުން ލިބުނު އެއް ސްޓޭޓް ކަމަށްވާ ޕަހަންގް ގައި ދިރިއުޅޭ މީހުންނެވެ.

މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މޭލޭޝިއާގެ 8 ސްޓޭޓަކަށް ބޯކޮށް ވާރެވެހި، ބައެއް އަވަށްތައް ވަނީ ވަރަށް ބޮޑަށް ފެންބޮޑުވެފައެވެ. އެގޮތުން، ވެރިރަށް ކުއާލަލަމްޕޫރު ގައި އޮންނަ ސެލަންގޯރަށް ވެސް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފަ އެވެ.

އެތައް ބަޔަކު ގެއްލިގެން ހޯދަމުންދާއިރު މަރުވި މީހުންގެ އަދަދު ވެސް ކުރިއަށް އޮތްތަނުގައި އިތުރުވެދާނެ ކަމުގެ ކަންބޮޑުވުންވެސް އެބައޮތެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *