ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަ ކުރައްވާ ކެންޑިޑޭޓުން ހޮވުމަށް ޕީޕީއެމް އިން ބޭއްވި ޕްރައިމަރީ އިންތިހާބުގެ ތެރެއިން-- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ނިސްބަތްވާ ޕީޕީއެމް އަދި ޕީއެންސީން ގެކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގެ ޕްރައިމަރީގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އެ ދާއިރާގެ ބައި-އިލެކްޝަން ބާއްވަން ތައްޔާރުވަމުން އަންނަނީ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު އަވަހާރަވުމާއި ގުޅިގެންނެވެ. ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ ޕްރައިމަރީ ވޯޓު ނެގުން ކުރިއަށްދާނީ 26 ޑިސެމްބަރ 2021 ވާ (އާދީއްތަ) ދުވަހުގެ މެންދުރުފަހު 2:00 އިން 5:00 އަށް ކަމަށެވެ.

ބައި އިލެކްޝަންގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަ ކުރުމަށް އެދޭ ފަރާތްތަކަށް އެފުރުސަތު ވަނީ މިއަދުން ފެށިގެން ހުޅުވާލާފައެވެ. އަދި އެ ފުރުސަތު ހަމަވާނީ ބުރާސްފަތި ދުވަހުގެ ހަވީރު 3:00 ގައެވެ.

ޕްރައިމަރީގައި ވާދަކުރެވޭނީ، އަދި އިންތިހާބުގައި ވޯޓު ލެވޭނީ ވެސް ޕީޕީއެމް އަދި ޕީއެންސީގެ މެންބަރެއްގެ ގޮތުގައި 2021 ޑިސެމްބަރު 20 އާއި ހަމައަށް ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށެވެ. އަދި ވޯޓުލުން، ށ. ކޮމަންޑޫ، ށ. މަރޮށި، ށ. ފޯކައިދޫ ގެ އިތުރުން މާލޭގައި ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

އެ ކޯލިޝަނުން އެދިފައިވަނީ އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅަންޖެހޭ ލިޔެކިއުންތަކާއި ތަކެތި ފުރިހަމަ ކުރުމަށް ފަހު ޕާޓީގެ އޮފީހަށް ފޯމު ހުށަހެޅުމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *