އައިރަނާސް މޯލްޑިވްސް އިން އައްޑޫސިޓީގައި ބާއްވާ އައްޑޫ މެރަތަން 2021 ވަރޗުއަލްކޮށް ކުރިއަށް ގެންދަން ނިންމައިފިއެވެ.
އެ އިވެންޓް ރާވާނ ހިންގާ އައި ރަނާސް އިން ބުނިގޮތުގައި އްޑޫ މެރަތަން 2021″ގެ ދުވުން މި މަހުގެ 17 ވަނަ ދުވަހުން ފެށިގެން ޑިސެމްބަރ 31 ގެ ނިޔަލަށް އޮންނާނެއެވެ. އަދި ކޮންމެ ތަނެއްގައި ވެސް ދުވެވޭނެ ކަމަށް ބުނެއެވެ.
ންގައި ފުލްމެރަތަން، ހާފް މެރަތަން، 10 ކިލޯމީޓަރާއި 5 ކިލޯމީޓަރު ވަނީ ހިމަނާފަ އެވެ. އަދި ކުޑަކުދިންނަށް އަމާޒުކޮށްގެން 3.2 ކިލޯމީޓަރާއި 1.6 ކިލޯމީޓަރާއި 800 މީޓަރުގެ ދުވުން ވެސް ހިމަނާފައިވާއިރު މީގެ ކޮންމެ ރަންއެއްގައި ބައިވެރިވާ ފަރާތްތަކުން ވެސް ކޮންމެ ދުވުމެއް ވެސް ފުރިހަމަ ކުރަން ޖެހޭނީ އެއްފަހަރުންނެވެ. މި ރަންގައި އެއްބައިވެރިއަކަށް އެއްކެޓަގަރީއަށް ވުރެ ގިނަ ކެޓަގަރީގައި ވެސް ބައިވެރިވެވިދާނެ އެވެ.
މި ރަންގައި އޮންލައިންކޮށް ރަޖިސްޓްރަ ވުމުން ބިބް ނަމްބަރު ލިބޭނެއެވެ. އަދި މެރަތަން ފުރިހަމަކުރާ ފަރާތްތަކަށް “އައްޑޫ މެރަތަން ފިޒިކަލް ފިނިޝަރ މެޑަލް” އާއި “ޑިޖިޓަލް ފިނިޝަރ ސެޓްފިކެޓް” ދިނުމަށް ހަމަޖައްސާފައިވެއެވެ.