ސިނަމާލެ 1 ފްލެޓްތަކުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައު އުމަރު ޒާހިރު. ފޮޓޯ: މުހައްމަދު ނާޝިދު

މިއަދު އަވަހާރަވި ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ވެރިޔާ އަލްމަރުހޫމް އުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖޭގެ ހިއްސާދާރެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އުމަރު ޒާހިރު އަވަހާރަވުމާއި ގުޅިގެން ކުރެއްވި ޓުވީޓެއްގައި ރައީސް ނަޝީދު ވިދާޅުވީ އުމަރު ޒާހިރަކީ ޒަމާނީ ދިވެހިރާއްޖެ ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި ހިއްސާދާރެއް ކަމަށެވެ. އަސި އިޖްތިމާއީ، އިގްތިސޯދީ އަދި ސިޔާސީ ކަންކަމުގައި ވެސް އެމަނިކުފާނުގެ ބަިއވެރިވުން ބޮޑު ކަމުގައި ވިދާޅުވިއެވެ.

އުމުރުފުޅުން 85 އަހަރުގައި އުމަރު ޒާހިރު މިއަދު އަވަހާރަވީ ކޮވިޑް-19ގެ އާލާސްކަންފުޅުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާހޯއްދަވަމުން ގެންދަވަނިކޮށެވެ.

ސަރުކާރުގެ އެކި ފަންތީގެ އެކި މަގާމުތައް ފުރުއްވުމުގައި އެމަނިކުފާނު 1953އިން ފެށިގެން 2008ވަނަ އަހަރާހަމައަށް ދެމިހުންނެވިއެވެ. ހޯމް މިނިސްޓަރު، ރައީސް އޮފީހުގެ ސީނިއާ މިނިސްޓަރުކަމުގެ އިތުރުން އެމަނިކުފާނަކީ ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެމްބަރުކަންވެސް ކުރެއްވި ބޭފުޅެކެވެ. މާލޭގެ ތަރައްގީގެ ބޮޑެތި ހުރިހާ މަސައްކަތްތަކާއި، އަތޮޅުތެރޭގެ ތަރައްގީގެ ގިނަ މަސައްކަތެއްގެވެސް މޭސްތިރިއަކީ އުމަރު ޒާހިރެވެ. އެމަނިކުފާނަށް ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ލިބިވަޑައިގެންނެވީ 2008 ވަނަ އަހަރުއެވެ.

 

 

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *