ނިޝާން އިއްޒުއްދީންގެ ޢިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު ކޮވިޑް-19ގައި އަވަހާރަވެއްޖެއެވެ.

އުމަރު ޒާހިރަށް ކޮވިޑް-19 ޖެހުނީ މީގެ 10 ވަރަކަށް ދުވަސް ކުރިންނެވެ. އަދި އޭނާ އަށް ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރިވާދެމުން އަންނަތާ ހަފްތާއެއް ވަނީ ވެފައެވެ.

އުމަރަރު ޒާހިރަކީ 1953 ވަނަ އަހަރުން ފެށިގެނއ 2008 ވަނަ އަހަރުގެ ނިޔަލަށް ސަރުކާރު ގިނަ، އިސް މަޤާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ހޯމް އެފެއަރޒް އެންޑް ސްޕޯޓްސްގެ މަގާމާއި، މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވާރކްސްކަމާއި ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް ފާހަގަކޮށްލެވެއެވެ.

2008 ވަނަ އަހަރު ނިޝާން އިއްޒުއްދީންގެ އިއްޒަތުގެ ލަގަބު ވެސް ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *