ބާ ޖަމާލުއްދީން -ފޮޓޯ: ސަން

ސަރުކާރުން އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް، ކުރީގެ ބާ ޖަމާލުއްދީން އިމާރާތް ހުރި ބިން ހަމަޖައްސައިދީފިއެވެ.

އަރަބިއްޔާ ސްކޫލު މިހާރު ހިންގަމުންދާ އިމާރާތުގައި ރެނދުލައި، ދަރިވަރުންނަށް ނުރައްކާވާ ހިސާބަށް ދިއުމުން، އެޑިއުކޭޝަން މިނިސްޓްރީން ވަނީ، އަންނަ މަހު ފަށާ އާ ޓާމަށް އަރަބިއްޔާ ސްކޫލުގެ ދަރިވަރުން ވަގުތީގޮތުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައެވެ. ނަމަވެސް އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވަނީ އެކަމާ ހިތްހަމަނުޖެހި، އިހުތިޖާޖުކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކޮށްފައެވެ.

އަރަބިއްޔާ ސްކޫލަށް ބާ ޖަމާލުއްދީން ބިން ހަމަޖައްސައިދިނީ ރައީސް ސޯލިހެވެ. އެގޮތުން، ބާ ޖަމާލުއްދީން ބިމުގައި މިހާރު ހުރި އިމާރާތް ތަޅާލުމަށްފަހު އަރަބިއްޔާ ސްކޫލުގެ ދަރިވަރުންނަށް ހާއްސަ އިމާރާތެއް އެތަނުގައި އެޅުމަށް ވަނީ ނިންމަވާފައެވެ.

ރައީސްއާއެކު ބޭއްވި ބައްދަލުވުމުގައި އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިން ވެސް ވަނީ އެ ސްކޫލަށް ދިމާވެފައިވާ މައްސަލައަށް ހައްލު ގެންނާނެ ގޮތްތަކާ ބެހޭގޮތުން ޚިޔާލު ހުށަހަޅާފައެވެ. ސަރުކާރާއި، ބެލެނިވެރިން ވެސް ހުށަހެޅި ޚިޔާލުތަކަށް ބަލާލާއިރު، މިއީ ހައްތަހާވެސް ވަގުތު ނަގާނެ ހައްލުތައް ކަން ފާހަގަކޮށްލެވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *