ކުރީގެ ރައީސް، އަދި އިދިކޮޅު ކޯލިޝަންގެ ލީޑަރު އަބްދުﷲ ޔާމީންގެ އަމަލުތަކާއި ބަސްތައް ބައްޓަން ކުރައްވަމުން ގެންދަވަނީ އާއްމު ރައްޔިތުން ނިކަމެތި ކޮށްލާ، ދަތިކުރަން ކަމަށް ސަރުކާރު ކޯލިޝަންގެ މައި ޕާޓީ އެމްޑީޕީގެ ޕީޖީ ލީޑަރ އަދި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވާހަކަދައްކަވަމުން އާޒިމް ވަނީ ރައީސް ޔާމީނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެއީ އިންޑިއާ އާ ދެކޮޅަށް އިދިކޮޅުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގައި ޔާމީން އިސްކޮށް އުޅުއްވާ، ހަރަކާތްތެރިވެވަޑައިގަންނަވާތީއެވެ.

ހަގީގަތުގައި އެމަނިކުފާނު އެކުރައްވަނީއެއް ހަމައެކަނި ސަރުކާރަކަށް ޖެއްސުމެއް ނޫން، ސިޔާސީ ފައިދާއަށް ނަގަން ކުރާ ކަމެއް ނޫން. އެމަނިކުފާނު އެ ކުރައްވަނީ އާދައިގެ ރައްޔިތުންނަށް ތަކުލީފާއި ދަތިކަން ފޯރުކޮށްދިނުމުގައި، އެ ވިސްނުމުގައި ކުރައްވަމުން ގެންދަވާ މަސައްކަތެއް.

ކޮރަޕްޝަންގެ ގިނަ ތުހުމަތުތަކެއް ކުރެވޭ ބޭފުޅަކު ނުކުމެވަޑައިގެން ދޭދޭ ގައުމުގެ ގުޅުމުގެ ތެރެއަށް ވަދެވަޑައިގެންނެވުމަށް އެ ކުރައްވާ މަސައްކަތުގެ ނަތީޖާއަކަށް ވެގެންދާނީ އެ ގައުމުތަކުން ދިވެހިންނަށް ލިބެމުންދާ ޚިދުމަތްތައް ހުއްޓުން ކަމަށް ވާތީ އާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި ޔާމީންގެ އަމަލުތައް އާޒިމް ސިފަ ކުރެއްވީ ވަރަށް ދަށު ދަރަޖައިގެ ކަމެއްގެ ގޮތުގައެވެ.

އަދި އޭނާ ވަނީ އެފަދަ ހަރަކާތްތައް ހުއްޓާލަން އިދިކޮޅަށް ގޮވާލައްވާފައެވެ.

މިސާލަކަށް ކޮމަންވެލްތުން ވަކިވުން، އަދިވެސް އެހެން ގައުމުތަކާ ދުރުވުމުން އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބިފައިވާ ދަތި އުނދަގޫ ކަންކަމުން އަޅުގަނޑުމެން ސަލާމަތްވާނެ ގޮތްތައް ހޯދަން ޖެހޭތީވެ، އެފަދަ ކަންކަން ނުކުރުމަށް ގޮވާލަން

އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާއި އޮންނަ ގާތް ގުޅުމަށް ސަރުކާރާއި އިދިކޮޅުގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ސަރުކާރުގެ "އިންޑިއާ ފަސްޓް" ސިޔާސަތަށް ފާޑުކިޔަމުންދާ  'އިންޑިއާ އައުޓް' ހަރަކާތުގައި އަޑު އުފުލާ މީހުން، އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅެވެ. ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ފަހުން މި ކެމްޕެއިންގެ ހަރަކާތްތައް ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފައެވެ.

ސަވަކި ވަކި ފަރުދުންގެ މަދު ބަޔަކާއި، ސިޔާސީ ބަޔަކު ރާއްޖޭގެ އެންމެ ގާތް އެއް ބައިލެޓަރަލް ބައިވެރިޔާ ކަމުގައިވާ އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށްޓަކައި، މަގުފުރެދިފައިވާ އަދި ސާބިތު ނުހިފޭ މަޢުލޫމާތު ފެތުރުމަށް މަސައްކަތް ކުރަމުންދާތީ ސަރުކާރުން ވަނީ ކަންބޮޑުވުން ފާޅުކޮށް ބަޔާނެއްވެސް ނެރެފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *