ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: މަޖިލިސް

ދިވެހިންގެ އެންމެ ބޮޑު މަސްލަހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ދައުރުން ބޭރުގައި މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިހް ހަސީނާ މަޖިލީހުގައި ތަގުރީރު ކުރެއްވުމާއި ގުޅޭ މައްސަލަ ހުށަހަޅުއްވަމުން ނަޝީދު ވަނީ އިންޑިއާ ކަނޑުގެ ގުޅުންތަކާއި ގުޅިގެން ވާހަކަދައްކަވާފައެވެ.

އެގޮތުން، އެމަނިކުފާނު ވިދާޅުވީ އިންޑިއާ ކަނޑުގައި އުފެދެމުން މި އަންނަ ވާދަވެރިކަމުގައި ރާއްޖެ ވަނީ 'ހަތަރު އަނގޮޅިއަކަށް' ހުއްޓެން ޖެހިފައި ކަމަށާ މި ހުއްޓުވުމުގައި ދިވެހިން ބޭނުންވާނީ އަވަށްޓެރި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް ކަމަށެވެ.

މީގެއިތުރުން، ރައީސް ނަޝީދު ވިދާޅުވީ އަވަށްޓެރި ގައުމެއްގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ހަގީގަތާއި ޚިލާފު ވާހަކައެއް ނޫން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންނަމަވެސް، އެއީ ރާއްޖެއަށް ނިކަމެތިކަން ލިބޭ ބުނުމެއް ކަމަށް ވެސް ވިދާޅުވިއެވެ.

އެއްވެސް ގައުމެއްގެ ދައުރު، ވަކިން ޚާއްސަކޮށް، އަވަށްޓެރި ގައުމުތަކުގެ ތެރެއިން އެތެރެވެރި ގައުމުތަކުގެ ދައުރެއް ރާއްޖޭގައި ނެތް ކަމަށް ބުނުމަކީ ހަމައެކަނި އަޅުގަނޑަށް ފެންނަ ފެނުމުގައި ހަގީގަތާއި ޚިލާފް ވާހަކައެއް ނޫން. އެހާމެ ދިވެހިންނަށް ނިކަމެތިކަން ލިބޭނެ ދެރަ ގޮތްތަށް މެދުވެރިކުރާނެ ބުނުމެއް. ފިކުރެއް، ފަލްސަފާއެއް.

އިންޑިއާ ކަނޑުގައި ދިވެހިންގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ ރައީސް ނަޝީދު ވިދާޅުވީ ދިވެހިންގެ ބޮޑު މަސްލަހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން ކަމަށެވެ.

ދިވެހިންގެ އެންމެ ބޮޑު މަސްލަހަތަކީ އިންޑިއާ ކަނޑުގެ ސަލާމަތާއި ރައްކާތެރިކަން. މި ރާއްޖެއަށް ލިބޭ ރިޒުގެއް ލިބެނީ މި ކަނޑުން.

ރައީސް ނަޝީދު މިހެން ވިދާޅުވިއިރު، އަވަށްޓެރި އިންޑިއާ އާއި ރާއްޖެއާއި އޮންނަ ގާތް ގުޅުމަށް ސަރުކާރާއި އިދިކޮޅު މީހުންގެ ފާޑުކިއުން ވަނީ އަމާޒުވެފައެވެ. ސަރުކާރުގެ "އިންޑިއާ ފަސްޓް" ސިޔާސަތަށް ފާޑުކިޔަމުންދާ  'އިންޑިއާ އައުޓް' ހަރަކާތުގައި އަޑު އުފުލާ މީހުން، އިންޑިއާގެ އަސްކަރިއްޔާ ރާއްޖޭގައި ތިބުމާ ދެކޮޅެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *