އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދައްކަވަނީ--- ފޮޓޯ: ރައީސް އޮފީސް

އެމްޓީސީސީން ދެން މިސްރާބު ޖަހަންވީ އެއް ރަށް އަނެއް ރަށަށް ގުޅުވައިދޭ ބުރިޖު އެޅުމުގެ މަސައްކަތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

އެމްޓީސީސީގެ 41 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްގީ އަށް ކުރަމުން އައި މަސައްކަތްތަކުގެ ތެރެއިން އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ނަރުދަމާ އާއި، ބަނދަރު ފަދަ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަޝްރޫތައް ރާއްޖޭގެ ހުރިހާ ރަށެއްގައި ހެން މިހާރު ފެށި ނިމުމާ ގާތްވެފައިވާ ކަމަށެވެ. އެ މަސައްކަތުގައި އެމްޓީސީސީގެ ދައުރު ވަރަށް ބޮޑުކަން ފާހަގަކުރައްވާ ވިދާޅުވީ އެމްޓީސީސީން ދެން އަމާޒު ހިފަންވީ އެއަށް ވުރެ ބޮޑު ކަމަކަށް ކަމަށެވެ.

ދެން ރާއްޖޭގެ ހާއްސަކޮށް އަތޮޅުތެރޭގެ އުމްރާނީ ތަރައްގީއަށްޓަކާ ކުރަން ޖެހޭ ކަންކަމުގެ ގޮތުގައި އަޅުގަނޑަށް ގަބޫލުކުރެވެނީ މަގުތައް ހެދުމާއި، އެއް ރަށް އަނެއް ރަށް ކަނޑު މަގުންނާއި ބުރިޖާއި ކޯޒްވޭތަކުން ގުޅާލުން. މިކަމަށް އެމްޓީސީސީން ތައްޔާރުވާން ޖެހޭ

ރައީސް ވިދާޅުވީ ޒަމާނީ ޓެކްނޮލޮޖީ އާއި، ތަމްރީނާއި، އެކްސްޕާޓީސް ހޯދައިގެން މިކަންކަމަށް ތައްޔާރުވުމަކީ އެމަނިކުފާނުގެ އެދިވަޑައިގަތުމެއް ކަމަށެވެ. އަދި އެކަން ކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ އެ ކުންފުނިން މިހާރު ބައިނަލްއަގުވާމީ ޕްރޮޖެކްޓުތަކަށް ވެސް އަމާޒުހިފަން ޖެހޭ ކަމަށެވެ. އެކަމުގެ ވިސްނުން ވެސް ކުންފުނީގައި ހުރިކަން އެނގިވަޑައިގަންނަވާކަން ފާހަގަކުރައްވާ އެކަމައްޓަކާ ރައީސް ވަނީ ކުންފުނީގެ ވެރިންނަށް ޝުރުކުރުއަދާކުރައްވާފައެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފުރިހަމަ އިތުބާރު އަބަދުވެސް އެ ކުންފުންޏަށް އޮންނަ ކަމަށެވެ. އިތުބާރު އޮންނަނީ އެ ކުންފުންޏަކީ ހަވާލުކުރާ ކޮންމެ މަސައްކަތެއްވެސް އެންމެ ފުރިހަމައަށް އެ ހަވާލުކުރާ މުއްދަތެއްގެ ތެރޭގައި ނިންމާ ކުންފުންޏަކަށް ވާތީ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ރައްޔިތުންގެ އިތުބާރު ވެސް އެ ކުންފުނިން ހޯދާފައިވަނީ އެހެން ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *