އިންޑިއާ އާ ދެކޮޅަށް އިދިކޮޅު ފަރާތްތަކުން ހިންގަމުންދާ "އިންޑިއާ އައުޓް" ހަރަކާތުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް ސަރުކާރުން ބުނެފިއެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ސަރުކާރުން ވަނީ ވަކި ވަކި ފަރުދުންގެ މަދު ބަޔަކާއި، ސިޔާސީ ބަޔަކު ރާއްޖޭގެ އެންމެ ގާތް އެއް ބައިލެޓަރަލް ބައިވެރިޔާ ކަމުގައިވާ އިންޑިއާއާމެދު ނަފްރަތު އުފެއްދުމަށްޓަކައި، މަގުފުރެދިފައިވާ އަދި ސާބިތު ނުހިފޭ މަޢުލޫމާތު ފެތުރުމަށް މަސައްކަތް ކުރަމުންދާތީ، ދިވެހި ސަރުކާރުން ނުހަނު ކަންބޮޑުވާ ކަމަށެވެ.

ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޗެމްޕިއަނުންގެ ގޮތުގައި ދިވެހި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު، މި އަސާސީ ހައްގުތަކުގެ ބޭނުން، ޑިމޮކްރެޓިކް އަދި ޒިންމާދާރު ގޮތެއްގައި ހިފަންޖެހޭނެ ކަމަށް ބަޔާނުގައިވެއެވެ.

އަވަށްޓެރި ގައުމުތަކާއެކު އޮންނަ ގާތް ގުޅުމާމެދު ނަފްރަތު އުފައްދައި، ދޮގު ތުހުމަތުތައް ކުރުމަކީ، ހަމައެކަނި ދިވެހި ރައްޔިތުންނަށް އަބަދުވެސް އެއްބާރުލުން ދޭ، އިތުބާރުކުރެވޭ އެކުވެރި ގައުމުތަކާއެކު އޮންނަ ގުޅުން ހީނަރުވެގެންދާ ކަމެއް ނޫންކަމަށާއި، މިކަމުގެ ސަބަބުން ރާއްޖޭގައި ދިރިއުޅޭ ދިވެހި ރައްޔިތުންނާއި، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށްވެސް އަސަރުކުރާކަމަށް ބަޔާނުގައިވެއެވެ.

ފޮރިން މިނިސްޓްރީން ބުނީ ބައިނަލްއަގްވާމީ ހުރިހާ ބައިވެރިންނާއެކު ޒަމާނުއްސުރެ އޮންނަ ގުޅުން ބިނާވެފައިވަނީ، އެއްގައުމުން އަނެއް ގައުމަށް ކުރާ އިހްތިރާމަށް ކަމަށެވެ.

 ބައިނަލްއަގްވާމީ މައިދާނުގައި ކުރެވޭ މިފަދަ މުއާމަލާތްތަކަކީ، ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ސަރަޙައްދީ މިނިވަންކަމަށް އެއްވެސް ބުރުލެއް ނާރާނެ އަދި އެއްވެސް ކަހަލަ އުނިކަމެއް އަންނާނެ މުޢާމަލާތްތަކެއް ނޫން. ޙަޤީޤަތުގައި އެތަކެއްޗަކީ، ރާއްޖޭގެ ޤައުމީ މަޞްލަޙަތު ކުރިއަރުވައި، ރާއްޖޭގެ ރައްޔިތުންނަށް ޑެލިވަރ ކޮށްދޭ ގޮތަށް ބައްޓަން ކުރެވިފައިވާ ތަކެތި.

މިނިސްޓްރީގެ ބަޔާނުގައި ވަނީ ހުރިހާ ފަރުދުން ވެސް ހާއްސަ ސިޔާސީ ލީޑަރޝިޕުން، ޒިންމާދާރުކަމާއެކު މަސައްކަތް ކުރުމަށާއި، އަވަށްޓެރި ހައުމުތަކާއެކު އޮންނަ ގާތް ގުޅުމަށް ބުރޫއަރާފަދަ ދޮގު ވާހަކަތައް ނުފެތުރުމަށާއި، ބައިނަލްއަގްވާމީ މުޖްތަމައާއެކު އޮންނަ ގާތް ގުޅުމަށް ބުރޫއަރާފަދަ ވާހަކަތައް ނުފެތުރުމަށަށް އިލްތިމާސްކޮށްފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *