އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ހިންގާ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރައީސް ޔާމީންގެ ކޮރަޕްޝަން މައްސަލައިގެ މަތި ޖަހަން ހިންގާ ޖަރީމާއެއް ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމައި ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ގައުމުގައި އިންޑިއާގެ މިލިޓަރީ މީހުން ތިބުމާ އެމްއެންޕީ ދެކޮޅު ކަމަށެވެ. އެކަމަކު ވަކި ގައުމަކާ ޖައްސާލައި އެ ގައުމާ ދެކޮޅަށް ބޮޑު ހަރަކާތެއް ހިންގުމާ ވެސް ދެކޮޅު ކަމަށް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އިންޑިއާއާ ދެކޮޅަށް ހިންގަނީ ގައުމީ ހަރަކާތެއް ނޫން ކަމަށާއި، އެއީ ރައީސް ޔާމީންގެ ވެރިކަމުގައި ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި، އެމަނިކުފާނުގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުން އާންމުންގެ ސަމާލުކަން އެހެން ކަމަކަށް ދަމައިގަތުމައްޓަކާ ރާވައިގެން ހިންގާ ޖަރީމާއެއް ކަމަށް ވިދާޅުވިއެވެ. އަދި ގައުމެއްގެ ވެރިކަން ކުރި މީހަކު ކޮށްގެންވާނެ ކަމެއް ނޫން ކަމަށް ވިދާޅުވިއެވެ.

އެ ގޮތަށް ގައުމަކާ ދޭތެރޭގައި ކަންކަން ކުރެވިގެން ނުވާނެ. އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ ރައީސްކަން ކުރައްވާފައިވާ ބޭފުޅަކު، ގައުމެއްގެ ނަން ޖަހައިގެން ނުކުމެ އެ ގޮތަށް ހުންނެވުމަކީ ގަބޫލު ކުރެވިދާނެ ކަމެއް ކަމަށް

ނާޒިމް ވިދާޅުވީ "އިންޑިއާ އައުޓް" ކެމްޕޭނަކީ ރާއްޖެއަށް ލިބޭނެ ވަރަށް ބޮޑު ގެއްލުމެއް ކަމަށެވެ. ކެމްޕެއިންގެ ސަބަބުން ރާއްޖޭގެ އިގްތިސޯދަށް ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމަށާއި، ރާއްޖެ ފަދަ ކުޑަ ގައުމަކުން އުޅެން ޖެހޭނީ އެހެން ގައުމުތަކާ ގުޅިގެން ކަމަށް ވިދާޅުވިއެވެ. އެހެންވެ ދިވެހި ރައްޔިތުން އެކަމުގައި ބައިވެރިނުވުމަށް ރައްޔިތުންނަށް އިލްތިމާސްކުރެއްވިއެވެ.

ނާޒިމް ވިދާޅުވީ އެމްއެންޕީގެ ސަރުކާރެއްގައި ރައްޔިތުން ނޭދޭ ބަޔަކަށް މި ގައުމުގައި ތިބުމުގެ ފުރުސަތެއް ނޯންނާނެ ކަމަށެވެ. އަދި ހުރިހާ ގައުމެއްގެ ބަޔަކާ އެކުވެސް މަސައްކަތްކުރުމުގެ ފުރުސަތު އޮންނަންވާނެ ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *