ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ އަހަރީ ސޭލްގައި ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓްތަކެއް ތައާރަފު ކޮށްފިއެވެ.

އެސްޓީއޯގެ 57 ވަނަ އަހަރީ ދުވަހާ ގުޅިގެން ބާއްވާ މި ސޭލް އަކީ ހިތްގައިމު ގިނަ ޑިސްކައުންޓްތަކެއް ކަސްޓަމަރުންނަށް ލިބިގެންދާނެ އެއް ދުވަހުގެ ސޭލް އެކެވެ. މި ސޭލް ކުރިއަށް ދާނީ އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް، އެސްޓީއޯ ސުޕަމާޓު އަދި އެސްޓީއޯ ރީޖަނަލް ފިހާރަތަކުގައި، މާދަމައެވެ.

އަހަރީ ސޭލްގައި ލިބޭ ޑިސްކައުންޓްތައް:

  • އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން އޭސީ ނޫން އެހެން ހުރިހާ މުދަލުން 15 ޕަސަންޓާ ހަމައަށް ޑިސްކައުންޓް
  • ސުޕަމާޓް ފިހާރައިން 5 ޕަސަންޓް ޑިސްކައުންޓް
  • އެސްޓީއޯ ރީޖަނަލް ފިހާރަތަކާއި ހޯމްއިމްޕްރޫވްމަންޓުގެ މުދަލުން 10 ޕަސަންޓް ޑިސްކައުންޓް

މީގެ އިތުރުން ގްރޭންޑް ލަކީޑްރޯއިން ހޮވޭ ނަސީބުވެރިއަކަށް އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން 20،000 ރުފިޔާގެ ވައުޗަރެއް ލިބޭނެއެވެ.

ހަމައެއާއެކު އެސްޓީއޯގެ ހޯމް އިމްޕްރޫވްމަންޓުން ކޮންމެ 57 ވަނަ ކަސްޓަމަރަކަށް ހާއްސަ އިނާމެއްގެ ގޮތުގައި 32 އިންޗި ޓީވީއެއް ލިބޭނެއެވެ. އަދި އެސްޓީއޯ ސުޕަމާޓުން ކޮންމެ 57 ވަނަ ކަސްޓަމަރެއްގެ ބިލް މުޅިން ހިލޭ ކޮށްދޭނެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *