މާފުށީ ޕިކްނިކް އައިލެންޑް

ކ. މާފުށީގައި ގާއިމްކުރާ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމުގެ މަސައްކަތް ނިންމާލައިފިއެވެ.

މި މަސައްކަތް ހަވާލުކޮށްފައިވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ބުނީ، މާފުށީ ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން، ބިން ހިއްކުމުގެ މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި ގޮނޑުދޮށް ހިމާޔަތްކުރުމަށް ބޭނުންވާ ބޮޑުހިލައިގެ ފުރަތަމަ ޝިޕްމަންޓް ޕްރޮޖެކްޓް ސައިޓަށް ގެންގޮސްފައިވާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.

މި މަޝްރޫއުގެ ދަށުން، 2 ހެކްޓަރުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ. މި މަޝްރޫއަކީ 10.8 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މިއީ ޕިކްނިކް އައިލެންޑްގެ ގޮތުގައި އެމްޓީސީސީއިން ބިން ހިއްކާ 3 ވަނަ މަޝްރޫއެވެ. އެގޮތުން، އެ ކުންފުނީގެ ފަރާތުން ކ. ގުރައިދޫ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ތެރެއިން ކ. ގުރައިދޫ ޕިކްނިކް އައިލެންޑް ވަނީ ހިއްކާފައެވެ. އަދި މީގެ އިތުރުން މާލޭ ސަރަޙައްދުގައި ޕިކްނިކް އައިލެންޑް ގެ ގޮތުގައި ތަރައްގީކުރާ ކ. ކުޑަގިރި ޕިކްނިކް އައިލެންޑްގެ ބިންހިއްކުމުގެ މަސައްކަތް 06 ނޮވެމްބަރ 2021 ގައި ވަނީ ފަށާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *