އަލަށް އުފެއްދި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އިން ވެސް ހުސްވެފައިވާ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ގޮނޑި އަށް ކުރިމަތިލާނެ ކަން އިއުލާނުކޮށްފިއެވެ.

ކޮމަންޑޫ ދާއިރާގެ ގޮނޑި ހުސްވެފައިވަނީ އެ ދާއިރާގެ ކުރީގެ މެމްބަރު ހުސައިން ވަހީދު ނިޔާވުމާއި ގުޅިގެންނެވެ. އެ ދާއިރާގެ ބައި އިލެކްޝަން ބާއްވަން ހަމަޖައްސާފައި ވަނީ އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހުއެވެ. އަދި މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ކުރިމަތިލާ ފަރާތްތަކުން ފޯމު ހުށަހަޅަން ޖެހެއެވެ.

އެ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުލުވުމުގައި ޕާޓީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވީ އެ ޕާޓީން ކޮމަންޑޫ ދާއިރާ އަށް ކެންޑިޑޭޓަކު ނެރެން ތައްޔާރުވަމުން އަންނަ ކަމަށެވެ. ނާޒިމް ވިދާޅުވީ ޕާޓީ ތެރެއިން މިހާރު ވެސް ދެތިން ބޭފުޅަކު އެކަމަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ ތެރޭގައި އެކަމަށް ހުޅުވާލާނެ ކަމަށާއި، އެއް ބޭފުޅަކަށް ވުރެ ގިނައިން ކުރިމަތިލައިފިނަމަ ޕްރައިމަރީ ބާއްވާނެ ކަމަށާއި، އެ ޕާޓީން ނެރޭނީ ރައްޔިތުންނަށް "ނޯ" ނުބުނެވޭ ވަރުގެ ގާބިލް ކެންޑިޑޭޓެއް ކަމަށް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ އެ ޕާޓީން ނެރޭނީ "ހުދު ސާފު" ކެންޑިޑޭޓެއް ކަމަށެވެ.

އެ ދާއިރާ އަށް އެމްޑީޕީން ވެސް ވާދަކުރަން ތައްޔާރުވަމުން އަންނައިރު އެކަމަށް އަލިއަޅުއްވާލައްވާ ޕާޓީގެ ނައިބުރައީސް އަބްދުﷲ ރިޔާޒް ވިދާޅުވީ އެ ޕާޓީގެ ލީޑަރޝިޕްގައި މިހާރު ތިއްބެވި ތިން ބޭފުޅުން ކަމަށްވާ ވިލިނގިލީ ދާއިރާގެ މެމްބަރު އުހަމަދު އުޝާމް، އާއި، ނާޒިމް އަދި ރިޔާޒް އަކީ ވެސް އަމިއްލަގޮތުން ވާދަކުރައްވައިގެން މަޖިލިސް މެމްބަރުކަން ކާމިޔާބުކުރެއްވި ބޭފުޅުން ކަމަށެވެ. އަދި ރައްޔިތުން މިހާރު ވޯޓު ދެނީ ޕާޓީ އަށް ނޫން ކަމަށާއި، ކުރިމަތިލާ ކެންޑިޑޭޓަށް ކަމަށެވެ. އަދި އެމްއެންޕީ އަށް ކޮމަންޑޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވިއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

1 ކޮމެންޓް

  1. ރިޔާޒް އާންމުން ވޯޓުލަނީ ޕާރޓީ އަށް ނޫން ކަން އެގިހުރެ ކީއްކުރަން ޕާރޓީ އަށް މީހުން ވައްދަން ހޭބަލިވެގެން ތިޔަ ތެޅެނީ؟

ކޮމެންޓް

Your email address will not be published. Required fields are marked *