2021 ވަނަ އަހަރުގެ ދެވަނަ ދައުރުގެ 12 ވަނަ ޖަލްސާ

ދައުރުން ބޭރުގައި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް، މާދަމާ ބާއްވާ ގޮތަށް ހަމަޖެހިއްޖެއެވެ.

ހެނދުނު 11:00 ގައި ފަށާ މި ޖަލްސާގައި އެޖެންޑާކޮށްފައިވަނީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާ ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ތަގުރީރު ކުރެއްވުމަށް، އެކަމަނާއަށް ދައުވަތު އެރުވުމުގެ މައްސަލައާއި މެދު ގޮތެއް ނިންމުމެވެ.

މިދިޔަ ހަފްތާގެ ބުރާސްފަތި ދުވަހުވެސް ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވިއެވެ. އެ ޖަލްސާގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އޭސީސީގެ މެމްބަރުން މަގާމުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން އިއުލާނުކުރައްވާފައެވެ.

އެއާޢި އެކު ކޮމިޓީ މެމްބަރުން ނިންމެވީ އޭސީސީގައި ތިއްބެވި މެމްބަރުންނަށް ލިޔުމުން ޖަވާބުދާރީވުމަށް ފަސް ދުވަހުގެ މުއްދަތެއް ދިނުމަށެވެ.

މި ސަރުކާރުން އޭސީސީއަށް ފަސް ބޭފުޅަކު އައްޔަނުކުރިއެވެ. އެއީ މަރިޔަމް ޝިއުނާ، ފާތިމަތު އަނޫލާއާއި އިބްރާހިމް ޝަކީލްގެ އިތުރުން އައިޝަތު އަބްދުﷲ އާއި އަލީ އަޝްރަފެވެ. އަޝްރަފް އާއި އިބްރާހީމް ޝަކީލް ވަނީ ކޮމިޝަންގެ މެމްބަރުކަމުން ދާދިފަހުން އިސްތިއުފާ ދެއްވާފައެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *