ސްކިލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް ޕްރޮގްރާމުގެ ދަށުން މޯލްޑިވިސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ (އެމްއައިޓީ) އިން ހިންގި ހަ ކޯހަކުން 83 ދަރިވަރަކު ދަސްވެނިވެއްޖެއެވެ.

މި ދަރިވަރުން ދަސްވެނިވުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ހަޔަރ އެޑިޔުކޭޝަން ޑރ. އިބްރާހީމް ހަސަންއެވެ. މި ހަފްލާގައި ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިންނާއި، އެމްކިއުއޭގެ ސީއީއޯ ޑރ. އަބްދުލް ހަންނާނު ވަހީދާއި، މީރީ ޕްރޮޖެކްޓްގެ ޕްރޮޖެކްޓް މެނޭޖަރ އަލީ ޝަރީފް ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ހަފްލާގައި ދަސްވެނިވި ދަރިވަރުންގެ ތަފްސީލު:

  • ނެޝަނަލް ސެޓިފިކެޓް 3 އިން ޖުވެރަލީ ޑިޒައިން އެންޑް މެނިފެކްޗަރިންގ - 15 ދަރިވަރުން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ސަރފް ގައިޑިން - 13 ދަރިވަރުން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ސްނޯކްލިން - 12 ދަރިވަރުން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ބޯޓް އޮޕަރޭޝަން - 10 ދަރިވަރުން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ސްޕޯޓްސް ގައިޑް - 13 ދަރިވަރުން
  • ނެޝަނަލް ސެޓިފިކެޓް 3 އިން ސްވަރޭޖް ސިސްޓަމް އޮޕަރޭޝަން އެންޑް މެއިންޓެނަންސް - 20 ދަރިވަރުން

މި ހަފްލާގައި ވާކަހަ ދައްކަވަމުން މިނިސްޓަރ އިބްރާހިމް ހަސަން ވަނީ ސްކީލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސް ޕްރޮގްރާމުގެ ދަށުން ހިންގި ކޯސްތައް ކާމިޔާބުކަމާއެކު ނިންމި އެންމެހާ ބައިވެރިނަށް މަރުހަބާ ދަންނަވާފައެވެ. އަދި މި ޕްރޮގްރާމަކީ ކޮވިޑް-19ގެ ހާލަތުގެ ސަބަބުން ރާއްޖެ ދޫކޮށްދިޔަ ހުނަރުވެރި މަސައްކަތްތެރިންގެ ސަބަބުން އުފެދިގެންދިޔަ ހުސް މަގާމްތަކަށް ކުރިމަތިލެވޭނެ ފަދަ ހުނަރުވެރި ދިވެހިންތަކެއް އުފެއްދުމުގެ މަގްސަދުގައި ސަރުކާރުން ފެއްޓި ޕްރޮގްރާމެއްކަން އޭނާ ފާހަގަކުރެއްވިއެވެ.

މިއީ ވޯލްޑް ބޭންކްގެ މާލީ އެހީތެރިކަމާއެކު ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ ދަށުން ފަތުރުވެރިކަމާއި، ފަތުރުވެރިކަމާއި ގުޅުންހުރި ކޮސްޓްރަކްޝަނާއި، އައިސީޓީ ދާއިރާތަކުގެ ޕްރޮގްރާމުތައް ހިންގަމުންދާކަން މިނިސްޓަރު ފާހަކުރެއްވިއެވެ. އޭނާ ވިދާޅުވީ ކުރިމަގުގައި ދަނޑުވެރިކަމުގެ ދާއިރާގެ ކޯސްތައް ހިންގަވާނެ ކަމަށެވެ.

މިނިސްޓަރު އިބްރާހިމް ހަސަން ވަނީ މި ކޯސްތައް ނިންމައި ދަސްވެނިވި އެންމެހާ ބައިވެރިން ވެސް މިނިސްޓްރީ އޮފް އިކްނޮމިކް ޑިވޮލޮޕްމެންޓްގެ ޖޮބް ޕޯޓަލް ގައި ރަޖިސްޓަރީވުމަށް ހަނދުމަ ކޮށްދެއްވާފައެވެ. އަދި، ޖޮބް ޕޯޓަލްގައި އެ މަސައްކަތެއް ކުރުމުގެ ގާބިލުކަން ހުރި ދިވެއްސަކު ރަޖިސްޓަރީކޮށްފައި ވަނިކޮށް، އެ މަގާމަކަށް ބޭރު މީހަކު ގެނައުމަށް ކޯޓާ ދޫނުކުރުމަކީ ސަރުސާރުގެ ސިޔާސަތުކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މިނިސްޓު ވަނީ އެމްއައިޓީން ރާއްޖޭގައި މީހުން ބީނާކުރުމުގެ ދާއިރާއަށް ކުރަމުންދާ ޚިދުމަތް ފާހަގަކުރައްވައި ޝުކުރުއަދާކުރައްވާފައެވެ. އަދި މީހުން ބިނާކުރުމުގެ ދާއިރާގެ މަސައްކަތް ކާމިޔާބުކުރުމަށް އަމިއްލަ ފަރާތްތަކުން ބައިވެރިވުމުގެ މުހިއްމުކަން ވެސް މިނިސްޓަރު އިބްރާހިމް ހަސަން ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވީ ސްކީލްސް ފޮރ އަ ރެޒިލިއެންޓް ވޯރކްފޯރސްގެ ދަށުން އިތުރު ދާއިރާތަކުން މީހުން ތަމްރީނުކުރުމަށް އިތުރު ޓްރެއިނިން ޕްރޮވައިޑާސް ހޯދުމަށް ކުރިއަށް އޮތް ދެ ހަފްތާތެރޭގައި އިއުލާން ކުރާނެކަމަށެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *