ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސަކަށް އާސިމް މުހައްމަދު ހަމަޖައްސައިފިއެވެ.
އާސިމް މީގެކުރިން ހުންނެވީ އެ ބޯޑުގެ ނައިބު ރައީސްގެ މަގާމުގައެވެ.
މި ބޯޑުގެ ރައީސްގެ މަގާމުގައި ކުރިން ހުންނެވީ ހުސެއިން ވަހީދެވެ. އެ ބޯޑަށް އައު ރައީސަކު މި ހަމަޖެއްސީ ހުސެއިން ވަހީދު މަގާމުން އިސްތިއުފާ ދެއްވިތާ އަހަރަކަށް ވުރެ ގިނަ ދުވަސް ވެފައިވަނިކޮށެވެ.
ވަކި ގާނޫނެއްގެ ދަށުން ޕްރައިވެޓައިޒޭޝަން ބޯޑު އުފައްދާފައި ވަނީ 2013 ވަނަ އަހަރެވެ.
ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމުގެ ކަންކަން ރާވާ ހިންގުމުގެ އިތުރުން، ޕްރައިވެޓައިޒް ކުރުމުގެ ސިޔާސަތުތައް ކަނޑައަޅައި ރައީސްގެ ހުއްދަ އެ ސިޔާސަތުތަކަށް ހޯދުމަކީ ޕްރައިވަޓައިޒޭޝަން ބޯޑުގެ ޒިންމާއެވެ.