ޖެންޑަރ މިނިސްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރަން ދިން ނޯޓިސް ބާތިލުކޮށްފިއެވެ.

މި މަހުގެ 1 ވަނަ ދުވަހު ވަޒީފާއިން ވަކިކުރަން ނޯޓިސް ދިނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި މަސައްކަތްކުރާ 21 މުވައްޒަފަކަށެވެ.

އެ މުވައްޒަފުން ވަކިކުރުމަށް ނިންމާ ނޯޓިސް ދިނީ ޖެންޑާގެ ބެލުމުގައި ހިންގާ އަމާން ވެށި ހުޅުވުމާއި އެކު ވިލިމާލެ ކުޑަކުދިންގެ ހިޔާއިން މުވައްޒަފުން މަދު ކުރުމުގެ ބޭނުމުގައެވެ. ނަމަވެސް މިހާރު އެ މުވައްޒަފުންނަށް ދިން ނޯޓިސް، ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ބާތިލުކޮށްފައެވެ.

މިއަހަރު ތެރޭގައި ވިލިމާލެ ކުޑަކުދިންގެ ހިޔާގައި ނުރައްކާތެރި ހާދިސާތަކެއް ހިނގާފައިވެއެވެ. އެގޮތުން އެތަނުގައި އެތައް ފަހަރަކު އަލިފާނުގެ ހާދިސާތަކެއް ހިނގާފައިވެއެވެ.

0
0
0
0
0

މިލިޔުމާއި ގުޅޭ

ކޮމެންޓް

Your email address will not be published. Required fields are marked *